އަނބިމީހާ ދެކެ ރުޅި އަންނަ ކޮންމެ ފަހަރަކު ދެމަފރިންނަށް ލިބިފައިވާ 8 މަހުގެ ތުއްތު ފިރިހެން ދަރިފުޅަށޗ އަނިޔާކުރާ ބައްޕައަކު ދުބާއީ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ދަރިފުޅަށް އޭނާ އަނިޔާކުރާކަން ހާމަވީ ދަރިފުޅަށް ފަރުވާ ހޯދަން ހޮސްޕިޓަލަށް ގެންދިއުމުން ކަމަށެވެ. "އޭނާ ހަދާ ގޮތަކީ އޭނާގެ އަނބިމީހާ ދެކެ ރުޅި އަންނަ ކޮންމެ ފަހަރަކު ދަރިފުޅަށް އަނިޔާކުރަނީ. ދަނޑިބުރިންވެސް ޖަހާފަ އެބަހުރި."
ފުލުހުން ބުނީ ދަރިފުޅަށް އަނިޔާކުރަނީ ދަރިފުޅުގެ މަންމަ ދެރަކުރަން ކަަމށް ވެދާނެ ކަމަށެވެ. "އަހަރެމެން އެމީހާ ހައްޔަރުކޮށްފިން. އެއީ އޭނާގެ ކިބައިން ދަރިފުޅަށް އިތުރަށް އަނިޔާއެއް ލިބުނަ ނުދިނުމަށް."
ހޮސްޕިޓަލުން ބުނީ ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް އައީ ދެމަފިރިން ކަމަށެވެ. ކުއްޖާއަށް ލިބިފައިވާ އަނިޔާތަކާއި ކުއްޖާގެ ރުއިން ހުރިގޮތަށް ބަލައި ފުލުހުންނަށް މައްސަލަ ހުށަހެޅީ ކަމަށެވެ.
ދަރިފުޅު މިހާރު ވަނީ މަންމަ އާއި ހަވާލުކޮށްފައެވެ. ނަމަވެސް ކޮންމެ ދުވަހަކު ފުލުހުން ގޮސް ދަރިފުޅުގެ ހާލަތު ބަލަމުންގެންދާ ގޮތަށެވެ.