މިޞުރުގެ ރައީސްކަން ކުރި ހުސްނީ މުބާރަކް ޖަލުން ގެއަށް ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށް ޢާއިލާއިން ބުނެފިއެވެ.
ޢާއިލާ އިން ބުނީ މުބާރަކްގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސައިނިމުމުން އޭނާގެ ގެއަށް ބަދަލުކުރާނެ ކަމަށެވެ.
ހުސްނީ މުބާރަކްގެ މައްޗަށް ވަނީ ގިނަ ކުށްތަކެއް ސާބިތުވެފައެވެ. އެއިގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާއި އޭނާ އާއި ދެކޮޅަށް މަގުތަކަށް ނުކުތް މީހުންގެ ގައަށް ބަޑިޖަހައި މެރުން ހިމެނެއެވެ.
ބަޑިޖަހައި ގިނަ ބައަކު މަރާފައިވާ މައްސަލައިގައި އެންމެފަހުން ކުރި ދައުވާ ސާބިތުނުވާކަމަށް ކޯޓުން މިހާރުވަނީ ހުކުމްކޮށްފައެވެ. އެހެންކަމުން އޭނާ ގެއަށް ބަދަލުކުރުމުގައި އިތުރު މައްސަލައެއް މިހާރު ނެތްކަމަށް ޢާއިލާއިން ބުނެއެވެ.