ދުބާއީގެ ރޫލަރގެ ކޮއްކޯފުޅު މޮޒާހް އަލްމަޚްތޫމް އާމްދަނީ ހޯއްދަވަން ޕައިލެޓަކަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދުބާއީގެ ރޫލަރގެ ކޮއްކޯފުޅު މޮޒާހް އަލްމަޚްތޫމް އާމްދަނީ ހޯއްދަވަން ޕައިލެޓަކަށް
ދުބާއީގެ ރޫލަރ އަދި ޔޫއޭއީގެ މޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްޠޫމްގެ އަންހެން ކޮއްކޯފުޅު، ޝައިޚާ މޮޒާޙް އަލްމަޚްތޫމް އާމްދަނީ ހޯއްދެވުމަށްޓަކައި ޕައިލެޓެއްގެ ވަޒީފާ އަދާކުރައްވަން ފަށްޓަވައިފިއެވެ.

މޮޒާޙް ވަނީ ކޮމަރޝަލް ފްލައިޓެއްގެ ކޮކްޕިޓްގައި އިންނަވައި ފޮޓޯއެއް ނަންގަވައި އިންސްޓަގްރާމްގަ ހާމަކުރައްވައިފައެވެ.

މޮޒާޙް ވިދާޅުވެފައިވަނީ ޕައިލެޓްކަން ކުރެއްވުމަކީ އެންމެ ކުރައްވާ ހިތްޕުޅުވާ މަސައްކަތް ކަމަށެވެ.

ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްޠޫމް އަކީވެސް ވަރަށް އާދައާއހިިލާފް ކަންތައްތައް ކުރައްވަމުން ގެންދަވާ ހިތްޕުޅު ތިރި ބޭފުޅެކެވެ.

މިދިއަ އަހަރު ލަންޑަނަށް ކުރެއްވެވި ދަތުރުފުޅެއްގައި ވަނީ ދަރިކަލުން ހަމްދާން އާއިއެކު ޢާންމުން ދަތުރުކުރާ އަންޑަރގްރައުންޑް ރޭލެއްގައިވެސް ދަތުރުފުޅުކުރައްވައިފައެވެ. ދަތުރުފުޅު ކުރެއްެވެވީ ހަމަ ޢާންމުންނާއިއެކު އިންނަވައިގެންނެވެ.

ދަތުރުފުޅުގައި ތުރުކުރައްވައިގެން އިންނެވީ ވެސް ވަރަށް އާދައިގެ ހެދުންކޮޅެކެވެ. އެހެންކަމުން ގިނަބައަކަށް އެމަނިކުފާނު އެނގިވަޑައިނުގަތުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މިއަދު އޮންލައިން