އިނގިރޭސިވިލާތުން ވަކިވުމުގެ މަސައްކަތް ސްކޮޓްލަންޑުން އަލުން ފަށަން ނިންމައިފިއެވެ.
ސްކޮޓްލަންޑްގެ ލީޑަރު ނިކޮލާ ސަރޖަން ވިދާޅުވީ އިނގިރޭސިވިލާތުން ވަކިވުމުގެ މަސައްކަތް އަލުން ފަށްޓަވަން ނިންމެވީ އިނގިރޭސިވިލާތާއިއެކު ދެމިއޮންނަނަމަ ސްކޮޓްލަންޑް ވެސް އީޔޫ އިން ވަކިވާނެތީ ކަމަށެވެ.
ނިކޮލާ ވިދާޅުވީ އީޔޫ އިން ވަކިވަން ސްކޮޓްލަންޑް ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން އެކަމުގައި އިނގިރޭސިވިލާތުން ނިންމާ ނިންމުންތައް ނިންމައި ނިމުމުން ޢާންމު ރައްޔިތުންގެ ޚިޔާލު ހޯއްދަވާނެ ކަމަށެވެ.
ސްކޮޓްލަންޑް އިނގިރޭސިން ވަކިވުމަށްޓަކައި ޢާންމުންގެ ވޯޓަކަށްދާން ބޭނުންކަން ހާމަކުރީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ނެގި ވޯޓުގައިވެސް ސްކޮޓްލަންޑުން އެކަމަށް ތާއީދުކޮށްފައި ނުވާތީއެވެ. އިނގިރޭސިވިލާތުގެ މިހާރުގެ ސަރުކާރުން ގެންދަނީ އީޔޫ އާއިއެކު ގުޅުން ބޭއްވުމަށް އިތުރު ގޮތްތަކެއް ހޯދަން މަސައްކަތްކުރަމުންނެވެ.