ގޯވާ ސްޓޭޓްގެ ޗީފް މިނިސްޓަރުކަމަށް ބީޖޭޕީން ހުށަހެޅި މަނޯހަރު ޕަރިކަރު މަޤާމުގެ ހުވާ ކުރުމުގެ ހުއްދަ ސްޕްރީމް ކޯޓުން ދީފިއެވެ.
ނަމަވެސް ކޯޓުން ބުނެފައިވަނީ އޭނާއަށް އިތުބާރު އޮތްކަން ބެލުމަށް ބުރާސްފަތި ދުވަހު މަޖިލީހުގައި ވޯޓުނަގައި ޔަޤީންކުރަންޖެހޭނެ ކަމަށެވެ.
ސްޕްރީމް ކޯޓުން މިއަމުރު ދިނުމާއި ގުޅިގެން މަނޯހަރު ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވަން ވަނީ ހަމަޖެހިފައެވެ.
ޗީފް މިނިސްޓަރަކު އައްޔަނުކުރުމުގެ ފުރުޞަތު ބީޖޭޕީއަށް ދެއްވީ ގޯއާ ސްޓޭޓްގެ ގަވަރުނަރެވެ. އެ ފުރުޞަތު ބިޖޭޕީއަށް ދެއްވުމުން ކޮންގްރެސް އިން ކޯޓުގައި މައްސަލަ ޖެއްސީ ކޮންގްރެސްއަށް 17 ސީޓް ލިބިފައިވާއިރު ބީޖޭޕީއަށް 13 ސީޓް ލިބިފައިވުމުންނެވެ. ބީޖޭޕީން ކުރި ހޯދީ އެހެން ޕާޓީތަކާއި ގުޅިގެންނެވެ.