ޖަޕާނުގައި 2020ގައި ބާއްވާ އޮލިމްޕިކްސް އާއި ޕެރަލިމްޕިކް ގޭމްސްއަށްދާ ރާއްޖޭގެ އެތުލީޓުންނަށް ޖަޕާނުން ތަމްރީނު ދިނުމަށް ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖަޕާނުގެ އޮޑަވާރާ ސިޓީގެ މޭޔަރާއެކު ބޭއްވެވި ބައްދަލުވުމަށްފަހުއެވެ.
އޮލިމްޕިކްސްއަށް ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ފުރުޞަތުދޭ އިރު، ސްވިމިންގ އާއި އެތުލެޓިކްސްއަށް މިގޭމްސްގައި ބައިވެރިވުމުގެ ފުރުޞަތު އޮތް ނަމަވެސް އެހެން ކުޅީވަރުތަކުގައި ބައުވެރުވުމަށް ކޮލިފައިވާން ޖެހޭނެއެވެ.
އޮލިމްޕިކްސް ޖަޕާނުގައި އޮންނާނީ އަންނަ ޖުލައި މަހުގެ 24 އިން ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ނިޔަލަށެވެ.