ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު އިޢުލާންކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 56ސ
ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު އިޢުލާންކޮށްފި
އޭޝިއަން ކަޕްގެ ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ނުކުންނަ ރާއްޖޭގެ ޤައުމީ ޓީމުގެ ސްކޮޑު އިޢުލާންކޮށްފިއެވެ.

މިމަހުގެ 28 ވާ އަންގާރަ ދުވަހު ރާއްޖޭގައި ކުޅޭ މި މެޗަށް ނެގި ޤައުމީ ޓީމުގައި ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކްލަބު ކަޕްގެ ފައިނަލުގައި ޓީސީއަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު އައްޒާމާއި މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއަށް ރަނގަޅު ކުޅުމެއް ދައްކަމުންދާ އަހްމަދު ނިޒާމް (ނިޒާމްބެ) އާއި ޤައުމީ ޓީމުގައި ކުރިންވެސް ހިމެނުނު ޒުވާން ކުޅުންތެރިން ހިމެނެއެވެ.

ޤައުމީ ކޯޗު ޑަރެން ސްޓެވާޓް ނެގި ސްކޮޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ 9 ކުޅުންތެރިންނާއި ނިއު ރޭޑިއަންޓުގެ 4 ކުޅުންތެރިންނާއި ޓީސީގެ 3 ކުޅުންތެރިންނާއި ކްލަބު ވެލެންސިއާގެ 3 ކުޅުންތެރިންނާއި އީގަލްސްގެ 3 ކުޅުންތެރިންނާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ 2 ކުޅުންތެރިންނާއި ގްރީން ސްޓްރީޓްސްގެ 2 ކުޅުންތެރިންނެވެ.

މާޒިޔާ
• އަމްދާން އަލީ (އެންޑީ)
• އަހްމަދު އިމާޒް (އާއްކޮ)
• އަސަދުﷲ ޢަބްދުﷲ (އަސައްކޮ)
• އަސްހަދު އަލީ (އަޑުބަރޭ)
• މުހައްމަދު އުމައިރު
• ޔަސްފާދު ހަބީބު (މުލަކޭ)
• ގާސިމް ސައްމާމް (ސައްމޭ)
• ސަމޫހު އަލީ (ސަމުއްޓޭ)
• ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)
ޓީސީ
• މުހައްމަދު އައްޒާމް
• ހަސަން ނާއިޒް (ދާދު)
• އިބްރާހިމް ވަހީދު ހަސަން (އިއްބެ)
ވެލެންސިއާ
• ޝާފިއު އަހްމަދު (ޝާފީ)
• މުހައްމަދު ފައިސަލް – ގޯލްކީޕަރު
• ހިސާމް ސަލީމް
އީގަލްސް
• އިމްރާން ނަޝީދު
• އަހްމަދު ޒާދު
• ރިހާމް އަބްދުލްޣަނީ (ބޮބީ)
ވިކްޓަރީ
• މުހައްމަދު އިމްރާން – ގޯލްކީޕަރު
• އިސްމާއިލް އީސާ (މެސީ)
ނިއު ރޭޑިއަންޓް
• ހަމްޒާ މުހައްމަދު (ހަމްޕު)
• މުހައްމަދު ރަޝީދު (ހޮކޭ)
• އަލީ ފާސިރު (ސެންޓޭ)
• އަހްމަދު އަބްދުﷲ (ލިލީ)
ގްރީން ސްޓްރީޓްސް
• މުހައްމަދު ސާއިފް
• އަހްމަދު ނިޒާމް (ނިޒާމްބެ)
މިއަދު އޮންލައިން