ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ޖާރޒީއެއް ހެޔޮ އަގުގައި ހޯދުމުގެ ފުރުޞަތު އެފްއޭއެމް އިން ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 12ސ
ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ޖާރޒީއެއް ހެޔޮ އަގުގައި ހޯދުމުގެ ފުރުޞަތު އެފްއޭއެމް އިން ހުޅުވާލައިފި
ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ޖާރޒީއެއް ހެޔޮ އަގުގައި ހޯދުމުގެ ފުރުޞަތު އެފްއޭއެމް އިން ހުޅުވާލައިފިއެވެ.

ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ބުނީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފަލަސްތީން ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ދިވެހި ޤައުމީ ޖާރޒީ ގަންނަން ލިބޭނެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޖާރޒީއެއް ވަކިން ގަންނަން ލިބޭ އަގަށް ވުރެ، ޓިކެޓެއް ގަނެގެން އަގު ހެޔޮކޮށް ޖާރޒީއެއް ލިބޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

ޓިކެޓް ވިއްކަން ފަށާނެ ތާރީޚެއް އެފްއޭއެމްއިން އިޢުލާންކޮށްފައެއް ނުވާ އިރު، އެފްއޭއެމް އިން ބުނީ ގޮނޑިބަރިން ޓިކެޓް ގަންނަ ފަރާތްތަކަށް ޖާރޒީއާއެކު 200 ރުފިޔާއަށް ޓިކެޓް ލިބޭނެ ކަމަށާއި ޖާރޒީއާ ނުލައި ޓިކެޓެއް ލިބޭނީ 100 ރުފިޔާއަށް ކަމަށް އެފްއޭއެމް އިން ބުންޏެވެ. އަދި ވީއައިޕީ ޓިކެޓެއް ޖާރޒީއާއެކު 250 ރުފިޔާއަށް އަދި ޖާރޒީއާނުލާ ޓިކެޓެއް ލިބޭނީ 150 ރުފިޔާއަށްކަމަށް ބުންޏެވެ.

އެހެންނަމަވެސް އެފްއޭއެމް އިން ބުނީ ސިޑިބަރީގެ ޓިކެޓެއްގެ އަގު 50 ރުފިޔާއަށް ހުރި އިރު، ވަކިން ޖާރޒީއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ޖާރޒީ ލިބެން ހުންނާނީ 310 ރުފިޔާއަށް ކަމަށާއި ސިޑިބަރީގެ ޓިކެޓާއެކު ޖާރޒީ ނުހިމެނޭ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރާ މެޗު މިމަހުގެ 28 ވަނަ ދުވަހު ރާއްޖޭގައި ކުޅޭ އިރު، ގްރޫޕް ޑީގައި ހިމެނެނީ ރާއްޖެ އާއި ފަލަސްތީނާއި އޮމާން އަދި ބޫޓާން އެވެ.

މިއަދު އޮންލައިން