ނުވަ ވަނަ އިންޓަރ އޮފީސް، ރެސޯޓް ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ބައިގެ ޗެމްޕިއަންކަން ދިރާގުން ހޯދައިފިއެވެ.
މި މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ދިރާގުން ހޯދީ ފައިނަލުގައި އެމްއޭސީއެލް އާއި ވާދަކޮށްގެންނެވެ.
މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަން ޗެމްޕިއަންކަން އެމްއޭސީއެލް އިން ހޯދީ ފައިނަލްގައި ދިރާގު ބަލިކޮށްގެންނެވެ. ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޖުމޭރާ ވިޓަވެލި ރެސޯޓު ހޯދާފައިވަނީ ފައިނަލުގައި މަލަހިނި ކުޑަ ބަނޑޮސް ބަލިކޮށްގެންނެވެ.
ދެވަނަ ޑިވިޝަންގެ ފައިނަލުގައި އެމްއެމްއޭ އާއި ކަސްޓަމްސް ބައްދަލުކޮށް ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް އެވެ.
މިއީ ދިރާގުން ފިރިހެން ބައިގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރެވެ.