ސީރިޔާއަށް ހަމަލާދިން އިޒްރޭލުގެ ޖެޓެއްް ވައްޓާލައި އިތުރު ފްލައިޓަކަށް ހަމަލާދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ސީރިޔާއަށް ހަމަލާދިން އިޒްރޭލުގެ ޖެޓެއްް ވައްޓާލައި އިތުރު ފްލައިޓަކަށް ހަމަލާދީފި
ސީރިޔާއަށް ހަމަލާދިން އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓެއް ވައްޓާލައި އިތުރު ޖެޓަކަށް ހަމަލާދީފިއެވެ.

ސީރިޔާއިން ބުނީ އިޒްރޭލުގެ ޖެޓްތަކުން ހުރކުރު ވިލޭރޭ ސީރިޔާގެ ސަރަހައްދުތަކަށް ހަމަލާ ދިން ކަަމަށެވެ. ދެވަަނ ފްލައިޓަށް ހަމަލާ ދިނުމުން ނުވެއްޓި ފިލާފައިވާ ކަމަށެވެ.

އިޒްޜެލުން ބުނީ އިޒްރޭލް ސިފައިން ވަނީ ސީރިޔާގެ ސަރަހައްދުތަކަށް ހަމަލާދީފައި ކަމަށެވެ. އަދި ހަމަލާދިނީ އިޒްރޭލުން ހިފާފައިވާ ސީރިޔާގެ ސަރަހައްދުތަކުގެ ސަލާމަތަށް ކަމަށެވެ.

ޤަބޫލުކުރެވޭ ގޮތުގައި އިޒްރޭލުން މިފަދަ ހަަމލާތައް ދެނީ އެމެރިކާއިން ސީރިޔާއަށް ދެމުން ގެންދާ ހަމަލާތަކަށް އެހީވުމަށެވެ. އިޒްރޭލަކީ ކޮންމެ ޤައުމަކަށް ކިތަންމެ ވަރުގަދަ ހަމަލާއެއް ދިން ނަމަވެސް ކުށްވެރިވާ ޤައުމެއް ނޫނެވެ.

މިއަދު އޮންލައިން