އެެމެރިކާ އިން ސީރިޔާގެ މިސްކިތަކަށް ހަމަލާދީ ނަމާދަށް ތިބި ގިނަ ބައަކު ޝަހިދުކުރުުމަށްފަހު ރެކެން ދޮގުހަދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އެެމެރިކާ އިން ސީރިޔާގެ މިސްކިތަކަށް ހަމަލާދީ ނަމާދަށް ތިބި ގިނަ ބައަކު ޝަހިދުކުރުުމަށްފަހު ރެކެން ދޮގުހަދައިފި
އެމެރިކާއިން ސީރިޔާގެ މިސްކިތަކަށް ހަމަލާދީ ނަމާދަށް ތިބި ގިނަ ބައަކު ޝަހީދުކުރުމަށްފަހު އަދި މިސްކިތް ފުނޑުފުނޑުކޮށްލުމަށްފަހު އެކަމުން ރެކެން ދޮގުހަދައިފިއެވެ.

އެމެރިކާއިން ބުނީ މިސްކިތަށް ހަމަލާ ނުދޭ ކަމަށާއި މިސްކިތް އަދިވެސް ހުރީ ކޮޅަށް ކަމަށެވެ. ހަަމަލާދިނީ މިސްކިތާއި 50 ފޫތް ދުރުގައި ހުރި އިމާރާތަކަށް ކަމަށާއި ހަމަލާދިނީ އެއިރު އެ އިމާރާތުގައި އަލްޤަިދާގެ ބައްދަލުވުމެއް ކުރިއަށް ގެންދާތީ ކަމަށެވެ.

ސީރިޔާގައި ހަރަކާތްތެރިވާ މިނިވަން ޖަމާއަތްތަކުން ވަނީ މިސްކިތް ވެއްޓިފައިވާކަމާއި މިހަމަލާގައި އާންމުންގެ 46 މީހަކު މަރުވިކަން ޔަޤީންކޮށްދީފައެވެ. ހަމަލާދިނީ މިސްކިތަށް ނޫން ކަމަށް އެމެރިކާއިން ބުނަމުން ގެންދާއިރު މަރުވި ގިނަ މީހުންގެ ހަށިތައް ނެރެންޖެހުނީ މިސްކިތުގެ ނަމާދުކުރާ މައި ހޯލުތެރެއިންނެވެ.

މިސްކިތުގެ އިމާމް ވިދާޅުވީ ހަމަލާދިނީ ޖަމާއަތުގައި ކުރި ނަމާދު ނިމުނު ވަގުތު ކަމަށެވެ. އަދި މިސްކިތަކީ އިސްލާމް ދީން ކިޔަވައިދޭ ތަނަކަށްވާތީ ކިޔަވަންވެސް ގިނަ ބައަކު މިސްކިތުގައި މަޑުކޮށްގެން ތިބި ކަމަށެވެ.

މިހަމަލާ ދީފައި ވަނީ ބުރާސްފަތި ދުވަހު މަޣްރިބް ނަމާދު ވަގުތުއެވެ.

މިއަދު އޮންލައިން