ދުނިޔެއަށް ބޭނުންވަނީ ހަމައެކަނި ޓެރަރިޒަމް ހުއްޓުވުމެއް ނޫން- އިންސާނީ އެހީތައްވެސް ބޭނުން: ސެކެޓްރީ ޖެނެރަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ދުނިޔެއަށް ބޭނުންވަނީ ހަމައެކަނި ޓެރަރިޒަމް ހުއްޓުވުމެއް ނޫން- އިންސާނީ އެހީތައްވެސް ބޭނުން: ސެކެޓްރީ ޖެނެރަލް
ދުނިޔެއަށް ބޭނުންވަނީ ހަމައެކަނި ޓެރަރިޒަމް ހުއްޓުވުން ނޫން ކަމަށާއި އިންސާނީ އެހީތައްވެސް ބޭނުންވާ ކަމަށް ސެކެޓްރީ ޖެނެރަލް އދ.ގެ ސެކެޓްރީ ޖެނެރަލް އެންތޭނިއޯ ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް އދ އިން ވަރަށް ބޮޑަށް ތާއީދުކުރޭ. ނަމަވެސް ދުނިޔެއަށް ބޭނުންވަނީ ހަމައެކަނި ޓެރަރިޒަމް ހުއްޓުވުމެއް ނޫން."

އޭނާ ވިދާޅުވީ އދ އަށް މިހާތަނަށް އެންމެ ބޮޑު އެހީއެއް ލިބެމުން އަންނަނީ އެމެރިކާއިން ކަަމަށާއި އެމެރިކާއިން އދ އަށް ދެމުން އަންނަ ފައިސާ މަދުކޮށްފިނަމަ އދ އަށް ގޮތް ހުސްވާނެކަމަށެވެ. އަދި އެެމެރިކާގެ އެހީ މަދުކޮށްފިނަމަ ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި އެތައް މިލިއަން ބައަކަށް ފޯރުކޮށްދޭ އެޙީތެރިކަން ވަރަށް ބޮޑަށް މަދުކުރަންޖެހޭނެ ކަަމަށެވެ. އަދި އދގެ ހިންގުމުގެ ޚަރަދުތައް ވެސް ވަރަށް ބޮޑަށް ކުޑަކުރަންޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އދ ހިންގުމުގެ ޚަރަދުތައް ކުޑަކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ކުއްލިއަކަށް ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.

މިފަދަ ބަޔާނެއް ސެކެޓްރީ ޖެނެރަލް ދެއްވީ އެމެރިކާއިން އަންނަ އަަހަރު އދ އަށް ދޭނެ އެހީ ވަރަށް ބޮޑުތަން މަދުކޮށް ބަޖެޓްކުރުމުންނެވެ.

މިއަދު އޮންލައިން