ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ ވައިރަސްއާ ގުޅިގެން ފަސްކުރުމަށް ފަހު އިއްޔެ ހަވިރު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ޑީސީޖޭ އާއި މަޑުއްވަރީ މުސްކުޅި ބޯއީސްގެ ޓީމު ބައްދަލު ކުރި މެޗު ފަސޭހަ ކަމާއެކު 7-3 ން ކާމިޔާބު ކުރީ ޑީސީޖޭގެ ޓީމެވެ.
މި މެޗުގެ ލަނޑުތައް ޑީސީޖޭއަށް ޖަހައިދިނީ މުޙައްމަދު ހިޝާމް ޢަބްދުﷲ އާއި ހުޒައިފަތު ރަޝީދާއި ޢަލީ ހާފިޒް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު އެޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އާދަމް ހާފިޒް އެވެ. މުސްކުޅި ބޯއީސްގެ ލަނޑުތައް ޖަހައިދިނީ ޒާހިދު އިބްރާހީމް އާއި އަލީ ޝިޔާމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީސީޖޭގެ އަލީ ހާފިޒް އެވެ.
އިއްޔެގެ ދެވަނަ މެޗުގައި ދަ ގްރާންޑޭ އަމިގޯސް ނިއު ޖަނަރޭޝަން ސްޕޯޓްސް ކުލަބު (ދަ ގޭންގް) އާއި ސްޕްރިޓް އޮފް ނާނީ ބައްދަލުކުރި މެޗު 1-3 ލަނޑުން ކާމިޔާބުކުރީ ދަ ގޭންގް އެވެ. މި މެޗުގައި ދަ ގޭންގްގެ ލަނޑުތައް ޖަހައިދިނީ ޒައިދާން އާދަމް އާއި ދެ ލަނޑު ޖަހައިދިން އަޔާޒް އަހްމަދު އެވެ. ނާނި ޓީމުގެ ހަމަ އެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އަޙްމަދު ޝިފާޒް އެވެ.
ޓީމް ފްރޮމް މާސް ފުޓްބޯލް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތަކީ މ. އަތޮޅު ކައުންސިލާއި މ. އަތޮޅުގެ ފުލުހުންގެ އެހީތެރިކަމާއެކު ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މިމުބާރާތް 4 ގްރޫޕަކަށް ބަހާލައިގެން ކޮނެމް ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ކުއާޓަރ ފައިނަލަށް ދަތުރުކުރާ ގޮތަށް ކުރިއަށް ގެންދާ އިރު،
ޗެމްޕިއަން ޓީމަށް 35،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
މިއީ މެދު ރާއްޖެތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.