ބައިނަލްއަޤްވާމީ ކާރުރޭސް ޗެމްޕިއަން އަޝްވިން ސުންދަރުގެ ކާރު ގަހެއްގެ ޖެހި ދެމަފިރިން އެކުގައި މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ބައިނަލްއަޤްވާމީ ކާރުރޭސް ޗެމްޕިއަން އަޝްވިން ސުންދަރުގެ ކާރު ގަހެއްގެ ޖެހި ދެމަފިރިން އެކުގައި މަރުވެއްޖެ
ބައިނަލްއަޤްވާމީ ކާރުރޭސް ޗެމްޕިއަން އަޝްވިން ސުންދަރުގެ ކާރު ގަހެއްގެ ޖެހި ދެމަފިރިން އެކުގައި މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި ޗެންނާއީގެ ޕަޓިނަޕައްކަމް ސަރަހައްދުގައެވެ.

ޢުމުރުން 27 އަަހަރުގެ އަޝްވިން އަކީ ކާރު ރޭސް ޖެހުމުގައި އިންޑިއާގެ ޤައުމީ ޗެމްޕިއަންކަން 2012 އަދި 2013 ވަނަ އަަހރު ހޯދާފައިވާ ރޭސްޖެހުންތެރިއެކެވެ. އޭނާ ވަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައިވެސް ރަން ވަނަތަކެއޤް ހާޞިލުކޮށްފައެވެ.

އޭނާގެ އަނބިމީހާ އުމުރުން 26 އަހަރުގެ ނިވެދިހަ އަކީ ޕްރައިވެޓް ހޮސްޕިޓަލެއްގެ ޑޮކްޓަރެކެވެ.

ސަރަހައްދުގައި ތިބި މީހުން ބުނީ އެމީހުންނަށް ކާރާއި ކައިރި ނުވެވުނީ ރޯވެފައިހުރި އަލިފާނުގެ ހޫނުގަދަކަމުން ކަމަށެވެ. އަލިފާން ނިއްވާ ލޮރީ އައިއިރު ވަގުތުވަނީ ފާއިތުވެފައެވެ.

އަލިފާން ނިއްވާ ސިފައިން ބުނީ ކާރުގެ އެތެރެ ފެންނަވަރުވީ 16 މިނިޓްފަހުން ކަަމަށާއި ދެމަފިރިން ތިބީ އެތެރޭގައި ތާށިވެ މަރުވެފައި ކަމަށެވެ.

މިއަދު އޮންލައިން