ދެ މިލިއަން ފޮލޯވަރުން ތިބި ދީނީ އިލްމުވެރިއަކު ރައްޔިތުން ބިރުގަންނަވާތީ ޖުރުމަނާކޮށް ޓްވީޓްކުރުން މަނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ދެ މިލިއަން ފޮލޯވަރުން ތިބި ދީނީ އިލްމުވެރިއަކު ރައްޔިތުން ބިރުގަންނަވާތީ ޖުރުމަނާކޮށް ޓްވީޓްކުރުން މަނާކޮށްފި
ދެ މިލިއަން ފޮލޯވަރުން ތިބި ދީނީ އިލްމުވެރިއަކު ރައްޔިތުން ބިރުގަންނަވާތީ 1 ލައްކަ ރިޔާލައިން ޖުރުމަނާކޮށް ޓްވީޓްކުރުން މަނާކޮށްފިއެވެ.

އެގޮތުން ސައުދީ ކޯޓުން ބުނީ އިލްމުވެރިޔާގެ ޓްވީޓްތަކުގައި ހިމެނެނީ ދޮގު މަޢުލޫމާތު ކަމަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް ހިތްވަރުދޭ ފަދަ ވާހަކަތައް ކަމަށެވެ.

އަވާދް އަލްޤަރްނީ ވަނީ އޭނާއަށް ކޯޓުން ކުރި އަމުރު ޓްވީޓްކޮށްފައެވެ.

ކޯޓުން ބުނީ ކިތަންމެ ބޮޑު އިލްމުވެރިއަކު ނަމަވެސް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަް އުފައޝްދަން ފުރުޞަތު ނުދެވޭނެ ކަމަށެވެ.

އޭނާއަކީ މުސްލިމް ބްރަދަރހުޑްގެ ވާގިވެރިއެއް ކަމަށްބުނެ ބައެއް މީހުން ވަނީ އޭނާ މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މިއަދު އޮންލައިން