ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މާދަމާ ފަށާނެކަމަށް އެފްއޭއެމް އިން ބުނެފިއެވެ.
އެފްއޭއެމް އިން ބުނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައިފަލަސްތީނާ ދެކޮޅަށް ޤައުމީ ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން މާދަމާހަވީރު ފަރިތަކުރުންތައް ފަށާނެ ކަމަށާއި ފަލަސްތީން މެޗަށް ނެގި ސްކޮޑް ރަސްމީކޮށް މިއަދުގެވަގުތެއްގައި އިޢުލާން ކުރާނެ ކަމަށެވެ.
މާދަމާ ހަވީރު 16:00 ގައި ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަރިތަކުރުންތައް ފަށާ އިރު، ފަލަސްތީން މެޗުގެ ކުރިން ރަހުމަތްތެރި ކަމުގެ މެޗެއްސްރީލަންކާގެ ޤައުމީ ޓީމާއެކު މާލޭގައި ކުޅެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ރާއްޖޭގެ ޤައުމީ ޓީމްކުޅޭ މެޗް އޮތީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 21:00 ގައި ރަސްމީ ފުޓްބޯޅަދަނޑުގައެވެ.
މިމުބާރާތުގެ ކޮލިފައިން ބުރުގައި 24ޤައުމު ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދަނީ 6 ގުރޫޕަކަށްބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ މޮޅު ދެ ޓީމު 2019ވަނަ އަހަރު އެކުވެރި އަރަބި އިމާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާއޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ލައްވާލީ ގްރޫޕް ޑީ ފަޅީގައެވެ. އަދި މިގްރޫޕްގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް:
ރާއްޖެ - ފަލަސްތީން (28 މާޗް 2017 މާލެ)
ބޫޓާން - ރާއްޖެ (13 ޖޫން 2017 ތިމްޕޫ)
އޮމާން - ރާއްޖެ (5 ސެޕްޓެމްބަރު 2017، މަސްކަޓް)
ރާއްޖެ - އޮމާން (10 އޮކްޓޫބަރު 2017، މާލެ)
ފަލަސްތީން - ރާއްޖެ (14 ނޮވެމްބަރު 2017، އަލް-ރާމް)
ރާއްޖެ - ބޫޓާން (27 މާޗް 2018، މާލެ)