އާބަދީގެ ގޮތުން އިންޑިއާގެ އެންމެ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރް ޕްރަދޭޝްގެ އިންތިޚާބު ވެރިކަންކުރާ ބީޖޭޕީއަށް ކާމިޔާބުކުރެވުމުން ޗީފް މިނިސްޓަރަކަށް އައްޔަންކުރީ އެމެރިކާއަށް މުސްލިމުން އެރިއަ ނުދިނުމަށް ތާއީދުކުރާ މީހެކެވެ.
ޔޯގީ އަޑިޔަނާތަކީ މުސްލިމުންނާއި ދެކޮޅަށް އެންމެ ހަރުކަށި ބަސްތައް ބުނަމުން ގެންދާ އެކެކެވެ. އަދި މުސްލިމުންނަށް ކުރެވުނުހައި ގޯނާއެއް ކުރަން ބޭނުންވާކަން އެތައް ފަހަރަކު ހާމަކޮށްފައިވާ މީހެކެވެ.
އިންޑިއާގެ ނޫސްތަކުން މިކަންކަން ގެންދަނީ ފާހަގަކުރަމުންނެވެ. އަދި އޭނާއަށް އެފަދަ މަޤާމެއް ދިނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ހުށަހަޅާފައި ވަނިކޮށްކަންވެސް ނޫސްތަކުން ގެންދަނީ ފާހަގަކުރަމުންނެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވަނީ އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓްގެ ޗިފް މިނިސްޓަރުކަން އިންތިހާއަށް ކޮރަޕްޓް މީހަކަށް ދިނުމުން ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ދައްކާ ވާހަކަތަކާ ތަޢާރަޒްވާ ކަމަށެވެ.