ނީލަމެއްގައި މިހައިތަނަށް އެންމެ ބޮޑު އަގު ލިބުނު އަތުކުރި ގަޑި ދުބާއީގެ ނީލަމެއްގައި 500،000 ޑޮލަރަށް ވިކިއްޖެއެވެ. އެއީ 1981 ޕެޓެކް ފިލިޕެ ގަޑިއެކެވެ.
މިނީލަމުގައި 18 އާޓިސްޓުންގެ އަތުކުރި ގަޑި ނީލަންކިޔައިގެން 13 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިފަދަ ނީލަމެއްގައި ރެކޯޑެއް ކަމަށް ބެލެވެއެވެ.
އަރަބި ޤައުމުތަކުގައި މިފަދަ ނީލަންތައް ކިޔުމުން ލިބޭ އަގު ބޮޑުވާތީ މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ނީލަންތައް ބޭއްވުން ދަނީ އިތުރުވަމުންނެވެ. ބައެއް އަރަބި މަހުޖަނުންނަކީ އެމީހުން ގަންނަން ބޭނުންވެއްޖެ ނަމަ އެއެއްޗެއްގެ އަގަށް ބަލާބައެއް ނޫންކަމުން އެކަމުގެ ފައިދާ ގިނަ ބައަކު ދަނީ ހޯދަމުންނެވެ.