އޮސްޓްރޭލިއާ ބައްޕައަކު އޭނާއަށް ލިބުނު 2 އަނަހެން ދަރިން މަރީތިވުމުން ޕެޓްރޯލް ޖަހައި އަންދާލަން އުޅެފިއެވެ.
ދެ ދަރިންގެ ގައަށް ޕެޓްރޯލް ޖެހުމަށްފަހު ފުރަތަމަ އަލިފާން ޖެއްސީ 3 އަހަރުގެ ދަރިފުޅުގެ ގައިގައެވެ. ކުއްލިއަކަށް ރޮއިގަތްއަޑުއިވުމުން ޖެހިގެންހުރި އަވަށްޓެރިޔާ (ފުލުހެއް) ގެއަށް އައިސް ކުއްޖާގެ ގައިގާ ރޯވެފައިހުރި އަލިފާން ނިއްވައިލިއިރު ހަށިގަނޑުން 13 އިންސައްތަ ވަނީ ފިހިފައެވެ.
ހޮސްޕިޓަލުން ފަރުވާދީ ކުއްޖާ ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް ބޮޑެތި ލަކުނުތަކާއިއެކުގައެވެ.
ކޯޓުގައި ދަރިންގެ ބައްޕަ އެޑްވަރޑް ޖޯން ހަރބަރޓް ބުނީ އޭނާގެ ދަރިން ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި އަތްފައިން ގޯސް ހެދުނީ ދެ ދަރިން ރީތިކަމުން އެކުދިންނަށް ކުރިމަތިވެދާނެ މައްސަލަތަކުން ސަލާމަތް ކުރުމަށް ކަމަށެވެ.