ރިއޯ ބުނީ އޭނާގެ އަނބިމީހާ މީގެ 2 އަހަރުކުރިން އުރަމަތީ ކެންސަރުގައި މަރުވިފަހުން ދަރިން މަންމައަށް އެދޭ މިންވަރު އިޙްޞާޞްކުރެވޭ ކަމަށެވެ. އަދި އެކަން ފޫބެއްދުމަށް ވަރަށް ގިނަ މަސައްކަތްތައްވެސް ކޮށްފިން ކަމަށާއި ހައްލެއް ހަމަ ނުހޯދުނު ކަމަށެވެ.
"ހަމަ ހަޤީޤަތުގައިވެސް އަހަރެންް މޮޔަވި. ހައްލަކީ ބަނގުރާ ކަމަށް ބަލައި ބަނގުރާ ބޯ މީހަކަށްވެސް ވިން. އެކަމަކު އެނގުނީ އެއީ ވެސް ހައްލެއް ނޫންކަށް. އަހަރެންގެ ސިކުނޑި އަބަދު ގޮއްވާލައިގެން ހުރި ނަމަވެސް އެކަމުން ދަރިންގެ އިޙްޞާޞްތަކަށް އެއްވެސް ބަދަލެއް ނާދޭ."
ރިއޯ ބުނީ އަމިއްލައަށް މަރުވަންވެސް ވިސްނުނު ކަމަށެވެ. "ސުވާލަކީ އަހަރެން މަރުވެއްޖެނަމަ މިހާރު ދަރިންނަށް ،ިދެވޭ ލޯބިކޮޅުވެސް ދޭނީ ކާކުހޭ؟ ރެބެކާ އަހަރެންނަށް އެއިރުން ދުވަހަކުވެސް މާފެއް ނުކުރާނޭ."ރިއޯ ބުނީ އަނބިމީހާ ރެބެކާ ދަރިންނަށް ކޮށްދީފައިވާ ޚިދުމަތްތައް ދަރިންގެ ހަނދާނުގައި ހަރުލާފައި ހުރި ފަދައިން އޭނާގެ ހަނދާނުން ވެސް އެހަނދާންތައް ނުފިލާ ކަމަށެވެ. "ޢަހަރެން ބޭނުންވޭ އަބަދުވެސް ރެބެކާގެ މީރުވަސް. އެހެންވެ އަންހެން ދަރިފުޅަށް މިގަނެދެނީ ރެބެކާ ޖެހި ސެންޓް. ދަރިފުޅުގެ ގައިގައި އެވަސް ދުވީމާ ވަރަށް ހިތްހަމަޖެހޭ. ދަރިފުޅުގެ ތަންމަތިންވެސް އެވަސް ދުވާ. އެއީ ވެސް ލިބޭ ވަރަށް ބޮޑު އިތުރު ހިތްހަމަޖެހުމެއް."
ރިއޯގެ ވިސްނުން ގިނަ ބައަކަށް ކުރެވޭނެނަމަ ހާދަ ގިނަ ދަރިންތަކެއް ހާދަ އުފަލެއްގައި ދިރިއުޅޭނެ އެވެ. ރެބެކާ މަރުވީ އޭނާގެ އުމުރުން 34 އަހަރުގައެވެ. 10 އަަހަރުގެ ފިރިހެން ދަރިއަކާއި 7 އަަހަރުގެ ފިރިހެން ދަރިއަކާއި 5 އަހަރުގެ އަންހެން ދަރިއަކު އެބަތިއްބެވެ.