އޭޝިއަންސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ (އޭވީސީ) ޓިކެޓް މިއަދު ވިއްކަން ފަށާނެ ކަމަށްވޮލީ ބޯލް އެސޯސިއޭޝަނުން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން ބުނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މާދަމާ ފަށާ މި މުބާރާތުގެ ޓިކެޓެއްގެ އަގަކީ =/50 ރުފިޔާ ކަމަށެވެ.
އަދި ޓިކެޓް ވިއްކާނީ ޒުވާނުންގެ މަރުކަޒުންނާއި ޕަބްލިކްސަރވިސް މީޑީއާގެކައުންޓަރުން ކަމަށެވެ.
ދިވެހިރާއްޖެ، ތުރުކިމިނިސްތާން،ކިރްގިސްތާން އަދި ނޭޕާލް ވާދަކުރާ މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓްހޯދާ ޓީމެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި 3 ވަނައަށް އެންމެ ގިނަޕޮއިންޓް ހޯދާ ޓީމު ކުޅެގެން މޮޅުވާޓީމަކަށެވެ.
މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މާރޗު މަހުގެ29ވަނަ ދުވަހުއެވެ.
އޭވީސީ މުބާރާތުގެ ތާވަލު:
• 22 މާރިޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ- ކިރްގިސްތާން
• 23 މާރިޗް 2017، ގަޑި 16:00 - ނޭޕާލް - ތުރުކެމިނިސްތާން
• 24 މާރިޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ- ނޭޕާލް
• 25 މާރިޗް 2017، ގަޑި 16:00 - ކިރްގިސްތާން- ތުރުކިމިނިސްތާން
• 26 މާރިޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ- ތުރުކެމިނިސްތާން
• 27 މާރިޗް 2017، ގަޑި 16:00 - ކިރްގިސްތާން - ނޭޕާލް