ދުނިޔެއަށް އެންމެ ގިނައިން ގެރިމަސް އެކްސްޕޯޓްކުރާ އެއް ޤައުމުކަމަށްވާ ބްރެޒިލް އިން ކުނިވެފައިހުރި ގިނަ އަދަދެއްގެ ގެރިމަސް އެކްސްޕޯޓްކުރި މައްސަލައެއް ފެންމަތިވެ ދުނިޔެ ހޫނުވެއްޖެއެވެ. މި ގެރިމަސްތައް އެކްސްޕޯޓްކޮށްފައިވަނީ ވަގު ސެޓުފިކެޓެއްގައެވެ.
ޗައިނާ އިން އިއްޔެ ވަނީ ޕޯޓުގައި ހުރި ބްރެޒިލްގެ އެއްވެސް ގެރިމަހެއް ނުނެރުމަށާއި އަދި ބަނދަރުގައި ހުރި އެއްވެސް ގެރިމަހެއް ނުބޭލުމަށް އަމޔރުކޮށްފައެވެ. އީޔޫ އިން ވަނީ މިފަދަ އަމުރެއް ނެރެފައެވެ. ޤައުމުތަކުން ގެންދަނީ އެތެރެކޮށްފައި ހުރި ގެރިމަސްތައް ޗެކުކުރަންވެސް މަސައްކަތްކުރަމުންނެވެ.
ކޮރަޕްޝަން އިންތިހާއަށް ބޮޑު ބްރެޒިލްގެ ރައީސް ވިދާޅުވެފައިވަނީ އެކްސްޕޯޓަރުން ކުރާ ކަމަކާއި ގުޅިގެން ބްރެޒިލްގެ މުޅި މީޓް އިންދަސްޓްރީ އާއިމެދު ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ.
ރާއްޖެއަކީވެސް ތަފާތު ޤައުމުތަކުން މަހުގެ ބާވަތްތައް އެތެރެކުރާ ޤައުމަކަށްވާއިރު ގެރިމަސް ގަންނައިރު ބްރެޒިލްގެ މަހަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭނެއެވެ. މިވަގުތު އެންމެ ރަނގަޅީ ބްރެޒިލްގެ އެއްވެސް މަހެއް އަދި މަހުގެ އެއްވެސް އުފެއްދުމެއް ނުގަތުންކަން ފާހަގަކުރެވެއެވެ.