އިޒްރޭލުން ފަލަސްޠީނަށް އަނިޔާވެރިވާ މައްސަލަ އެޖެންޑާކޮށްފިނަމަ އެޖެންޑާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިޒްރޭލުން ފަލަސްޠީނަށް އަނިޔާވެރިވާ މައްސަލަ އެޖެންޑާކޮށްފިނަމަ އެޖެންޑާ
އިޒްރޭލުން ފަލަސްޠީނުގެ ހައްޤުތައް ހިފަހައްޓައި އަނިޔާވެރިވަމުންދާ މައްސަލަ، ޖެނީވާގައި ކުރިއަށް ގެންދާ އދގެ އިންސާނީ ހައްޤުތަކާއިބެހޭ ބައްދަލުވުމަށް ހުށަހަޅައިފިނަމަ މިފަހަރުވެސް އެޖެންޑާ "ކައިލާނެ" ކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

ބެލެވޭ ގޮތުން އިޒްޜޭލުގެ މައްސަލަ އެޖެންޑާކުރަންޖެހެއެވެ. އަދި އެޖެންޑާކުރާނެއެވެ. އެޖެންޑާކޮށްފިނަމަ އިޒްރޭލާއި ދެކޮޅަށް ޤަރާރު ފާސް ވެސް ވާނެއެވެ.

އެހެންކަމުން އެމެރިކާއިން މިހާރު މަސައްކަތްކުރަނީ މައްސަލަ އެޖެންޑާވެސް ކުރިއަ ނުދިނުމަށެވެ. އެމެރިކާއިން ގެންދަނީ އިޒްރޭލާއި ދެކޮޅަށް ޤަރާރު ފާސްކޮށްފިނަމަ އދ އަށް ދޭ އެހީ ވެސް ކަނޑައިލާނެ ކަމުގެ ބިރު ދައްކަމުންނެވެ.

ދުނިޔޭގައި އެންމެ ބޮދެތި މައްސަލަތަކަށް ހައްލެއް ހޯދަން އެމެރިކާ އިން ގެންދަނީ ކަނޑައެޅިގެން ހުރަސްއަޅަމުންނެވެ. ބިރުދައްކަމުންނެވެ. ނަމަވެސް ރާއްޖެފަދަ ކުޑަ ޤައުމެއްގެ ޤާނޫނު އަސާސީގެ ތެރެއިން ކުރާ ކަންކަންވެސް އެމެރިކާއިން ބޭނުންވާ ގޮތަކަށް ނުކޮށްފިނަމަ ރާއްޖެއާއިމެދު ފިޔަވަޅޫ އަލަން ދުވާއިރު ހީވަނީ ދެފައިގާ ރެވިތެޔޮ ވަށައިގެން ދުވާހެންނެވެ.
އިންސާނީ ހައްޤަކީ ޔަހޫދީން އިސްތިސްނާކުރެވޭ ގޮތަށް ލިޔަފައި އޮތް ޗާތަރެއް ދުނިޔެއަކު އަދި ނެތެވެ. ނަމަވެސް އެމރިކާގެ އަމަލުތަކުން ދައްކަނީ ދިމާ އިދިކޮޅެވެ.

އެމެރިކާއިން ރައްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސޯލްޓް ރެސްޓޯރަންޓަށް މީހުން އެއްކޮށްގެން އެދައްކާ ވާހަކަތައް ދައްކަން ޖެނީވާ ސަމިޓަށް ގޮސް ޖަވާބުދާރީވުން މާރަނގަޅުވާނެކަމަށް ދިވެހިންގެ ގިނަ ބައަކު ޤަބޫލުކުރެއެވެ.
މިއަދު އޮންލައިން