އެެމެރިކާ ކިތަންމެ ބޭނުންވި ނަމަވެސް އަހްލާމް ނުފޮނުވަން އުރުދުންގެ ސްޕްރީމް ކޯޓުން ނިންމައިފިއެވެ. އެމެރިކާއިން އަހްލާމް އަލްތަމީމީ އެމެރިކާޭއަށް ފޮނުވައިދިނުމަށް އެދުނީ އެމެރިކާ އެމްބަސީއަށް ދާދިފަހުން ދިން ހަމަލާގައި އޭނާ ބައިވެރިވެ އިސްދައުރެއް އަދާކުރިކަމަށް ބަލައެވެ.
އެފްބީއައި އިންވަނީ "އެންމެ ބޮޑަށް ބޭނުންވާ" މީހުންގެ ލިސްޓުގައި އަހްލާމް ހިމަނައިފައެވެ. އަހްލާމް އެމެރިކާއަށް ގެންދަން އެމެރިކާއިން ބޭނުންވަނީ އިރާޤުން އެމެރިކާއަށް އެކަނި ފެނުނުފަދަ "ވެޕަންސް އޮފް މާސް ޑިސްޓޗރަކްޝަން" ގެންގުޅޭތީއެވެ.
ސްޕްރީމް ކޯޓުން ބުނީ އުރުދުންގެ މީހުން ކުށެއްކޮށްގެން އެމެރިކާއަށް ފޮނުވަންޖެހޭ ފަދަ އެއްބަސްވުމެއްގައި އުރުދުން އިން ސޮއިކޮށްފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެމެރިކާގެ އެދުމަށް އިޖާބަ ދެވެން ނެތް ކަމަށެވެ.
30 އަހަރުތަކުގައި ހުރި އަހްލާމް ވަނީ ހަމާސް އާއި ގުޅިގެން ޖެރޫސަލްމްގައި ހުރި އިޒްރޭލު މީހެއްގެ ފިހާރަ ގޮއްވާލައިފައެވެ. އެފަހަރު ހަމަލާ ދިނީ ގިޓައަކަށް ބޮމެއްލައިގެން ގޮސް ގޮއްވާލައިގެންނެވެ. އެހާދިށާގައި 15 މީހުން ވަނީ މަރުވެފައެވެ. 122 މީހަކަށްވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެމައްސަލައިގައި އޭނާ ޖަލުން ސަލާމަތްވީ 2011 ވަނަ އަަހަރުއެވެ.
އުރުދުންގެ މުސްލިމް ބްރަދަރހުޑް ޖަމާއަތުން ބުނެފައިވަނީ އެމެރިކާއަކީ އެއްލޯ ކަނު ޤައުމެއް ކަަމަށާއި ހައްދުފަހަނައަޅާފައި ތިބި ޔަހޫދީން މުސްލިމުންނަށް ކުރަމުން ގެންދާ އަނިޔާތަކާއި ޝަހީދުކުރަމުންގެންދާ މައްސަލަތައް ނުފެންނަނީ އެއްލޯ ކަނުވުމުން ކަމަށެވެ.