މާރެސް އެޓޯލް އަންހެން ޑިވިޜަން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ގޮއިދޫ އިން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 24ސ
މާރެސް އެޓޯލް އަންހެން ޑިވިޜަން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ގޮއިދޫ އިން ކާމިޔާބުކޮށްފި
ބ. މާޅޮސް ރެކްރިއޭޝަން އެންޑްއެންވަޔަރަންމަންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމުކޮށްގެން މުޅި އަތޮޅަށްހުޅުވާލައިގެން ބާއްވާމާރެސް ދެވަނަ އެޓޯލް އަންހެން ޑިވިޜަން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ގޮއިދޫ އިން ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު ފެށި މި މުބާރާތުގެ ފުރަތަމަ މެޗު ގޮއިދޫ އިން ކާމިޔާބުކުރީ މާޅޮސް ޓީމާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މމެޗުގެ ސެޓުތައް ގޮއިދޫއިން ގެންގޮސްފައިވަނީ 19-25، 13-25 އަދި 6-25 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީމިއަހަރުގެ އިންޓަރ ސްކޫލު ވޮލީބޯޅަ މުބާރާތުގައި މާލޭގައި ކުޅުނު މެޗުތަކުގައިވެސް މޮޅު ކުޅުމެއްދައްކާފައިވާ ގޮއިދޫ ޓީމުގެ ސާނިޔާ އަޙްމަދު ނިޒާމް އެވެ.
އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ މި މިބާރާތުގައި މިއަހަރު ބައވެރިވެފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ދަރަވަންދޫ، ރަނަރ-އަޕް މާޅޮސް، ދޮންފަން، ކަމަދޫ އަދި ގޮއިދޫ އެވެ.
މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ދަރަވަންދޫ އާއި ކަމަދޫ އެވެ. މިރޭ ކުޅޭ މެޗުގައިބައްދަލުކުރާނީ ގޮއިދޫ އާއި ދޮންފަނެވެ.
މިއީ ބ. އަތޮޅުގައި ތިބި ވޮލީބޯޅައަށްޝައުގުވެރިވާ ފަރާތްތަކަށް މުބާރާތެއްގައިވާދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމާއި ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި ވޮލީގެ ހުނަރު އިތުރުކުރުންކަމަށް މާރެސް ޖަމިއްޔާއިން ބާއްވަމުން އަންނަ ވޮލީ މުބާރާތެކެވެ.
އަދި ފިރިހެން ވޮލީއެކޭ އެއްފަދައިން އަންހެން ވޮލީވެސްކުރިއަރާ މީހުންގެ މެދުގައި މިހާރަށް ވުރެ މަޤްބޫލު ކުޅިވަރަކަށް ހެދުމަކީއުއްމީދެއް ކަމަށް މާރެސް ޖަމިއްޔާ އިން ބުނެއެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތް ހުޅުވައިދެއްވީ ބ. އަތޮޅު ޗީފް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރޢަބްދުﷲ ޚަލީލު އެވެ.

މިއަދު އޮންލައިން