މެދުއިރުމައްޗާ އުތުރު އެމެރިކާގެ 13 ޤައމަކުން ފްލައިޓުގަ އެމެރިކާއަށް ގެންދެވޭނީ ހަމައެކަނި ފޯނު.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
މެދުއިރުމައްޗާ އުތުރު އެމެރިކާގެ 13 ޤައމަކުން ފްލައިޓުގަ އެމެރިކާއަށް ގެންދެވޭނީ ހަމައެކަނި ފޯނު.
މެދުއިރުމައްޗާ އުތުރު އެމެރިކާގެ 13 ޤައުމެއްގެ ފަސިންޖަރުންނަށް ފްލައިޓުގެ ކެބިންގައި އެމެރިކާއަށް ގެންދެވޭނީ ހަމައެކަނި މޯބައިލް ފޯނުކަމަށް އެމެރިކާއިން ކަނޑައަލައިފިއެވެ.

އެ 13 ޤައުމުގެ ފަސިންޖަރުންނަށް ކެމެރާ އާއި ލެޕްޓޮޕާއި އައިޕޭޑް ފަދަ ތަކެތި ފްލައިޓުގައި ނުގެންދެވޭނެ ކަމަށޗ އެމެރިކާއިން ކަނޑައަޅައި ސިވިލްއެވިއޭޝަން އިދާރާތަކަށް މިހާރު ވަނީ އަންގައިފައެވެ.

އެެމެރިކާއިން ބުނެފައިވަނީ މިފިޔަވަޅު އެޅީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. ނަމަވެސް އެއީ ދެކޮޅުޖެހޭ ވާހަކައެއް ނޫން ކަމާއި މިއީ އެމެރިކާގެ ފްލައިޓުތަކުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުކުރުވަން ކުރިކަމެއްކަން އެނގެނީ އެމެރިކާގެ ފްލައިޓަކުން ދާނަމަ މިތަކެތި ގެންދެވޭތީއެވެ.

ކޮންމެ މީހަކުވެސް ދިގު ދަތުރުތައް ކުރާއިރު އައިޕޭޑް ފަދަ ތަކެތި ގެންދަން ބނުންވާނެއިރު އަދި ވިޔަފާރިއަށްދާއިރު ލެޕްޓޮޮޕް ބޭނުންކުރަންވެސް ބޭނުންވާނެއިރު މިއީ އެމެރިކާއިން އެޅި ވަރަށް އިންސާފެއް ނެތް ފިޔަވޅެއްކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން