ދުންފަތާ، ބުއިންތަކާ ރަނަކީ އަސާސީ ބާވަތްތަކެއް ނޫން- ޓެކްސް އިތުރުކުރާނަން: ދުބާއީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ދުންފަތާ، ބުއިންތަކާ ރަނަކީ އަސާސީ ބާވަތްތަކެއް ނޫން- ޓެކްސް އިތުރުކުރާނަން: ދުބާއީ
ދުންފަތާއި ބުއިންތަކާއި ރަނަކީ އަސާސީ ބާވަތްތައް ނޫން ކަމަށާއި އެ ބާވަތްތަކުން ވެލިޔޫ އެޑެޑް ޓެކްސް (ވެޓް) ވެސް ނަގާނެ ކަމަށް ދުބާއީ އިން ބުނެފިއެވެ.

ދުބާއީ އަކީ މިހާރުވެސް މިބާވަތްތަކުން ބޮޑެތި އަދަދުތަކުން ޓެކްސް ނަގަމުން ގެންދާ ޤައުމެކެވެ. އެނަރޖީ ޑްރިންކްސްގެ ޓެކްސް މިހާރުވެސް ވަނީ 200 އިންސައްތައަށް އުފުލައިފައެވެ.

ސޮފްޓޗ ޑްރިންކްސް އިން 100 އިންސައްތަ ޓެކްސް ނަގައެވެ. ބަނގުރަލުގެ ބާވަތްތަކުން މިހާރުވެސް 200 އިންސައްތަ ޓެކްސް ނަގައެވެ.

ގަލްފް ކޯޕޮރޭޝަންގެ ޤައުމުތަކުން މިހާރުވެސް ވަނީ އިތުރަށް 5 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދުގެ އަދަދުތަކުން ވެޓް ޓެކްސް ނަގަން ފަށަން އެއްބަސްވެފައެވެ. ނަގާ ނިޞްބަތް ބިނާކުރަން ހަމަޖެހިފައިވަނީ އެބާވަތެއް ޢާންމުންނަށް ބޭނުންވާ މިންވަރުގެ މައްޗަށެވެ.

ކޮންމެހެން ބޭނުން ނުވާ ބާވަތްތައް ހިމަނާފައިވަނީ ލަގްޒަރީ މުދަލުގެ ގޮތުގައެވެ. މިފަދަ ބާވަތްތަކުގެ އަގުން ނަގާ ޓެކްސް އިތުރުކުރުމަށްފަހު ކޮންމެހެން ބޭނުންވާ ބާވަތްތަކުން ނަގާ ޓެކްސް ކުޑަ ކުރުމަށް ނުވަތަ ނުނެގުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
މިއަދު އޮންލައިން