އޭވީސީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ކިރްގިސްތާން ޓީމާއި ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 29ސ
އޭވީސީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ކިރްގިސްތާން ޓީމާއި ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
އޭޝިއަންސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ (އޭވީސީ)ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ކިރްގިސްތާން ޓީމާއި ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެއެވެ.

މި ދެޓީމު ރާއްޖެ އައުމުން ވޮލީބޯލް އެސޯސިއޭޝަންގެ އިސްވެރިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެ ޓީމުތަކަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މާދަމާ ފަށާ މި މުބާރާތުގައި ކިރްގިސްތާން ކުޅޭފުރަތަމަ މެޗުގައި މާދަމާ އެޓީމު ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ނޭޕާލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބްރާސްފަތި ދުވަހު ނުކުންނާނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ.
ތުރުކުމެނިސްތާން ޓީމުރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހުގެ ވަގުތެއްގައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މާދަމާ ފަށާ މި މުބާރާތުގެ ޓިކެޓެއްގެ އަގަކީ =/50 ރުފިޔާ ކަމަށެވެ. އަދި ޓިކެޓް ވިއްކާނީ ޒުވާނުންގެ މަރުކަޒުންނާއި ޕަބްލިކްސަރވިސް މީޑީއާގެކައުންޓަރުން ކަމަށެވެ.

ދިވެހިރާއްޖެ، ތުރުކިމިނިސްތާން،ކިރްގިސްތާން އަދި ނޭޕާލް ވާދަކުރާ މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓްހޯދާ ޓީމެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި 3 ވަނައަށް އެންމެ ގިނަޕޮއިންޓް ހޯދާ ޓީމު ކުޅެގެން މޮޅުވާޓީމަކަށެވެ.

މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މާރޗު މަހުގެ29ވަނަ ދުވަހުއެވެ.

އޭވީސީ މުބާރާތުގެ ތާވަލު:
• 22 މާރިޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ- ކިރްގިސްތާން
• 23 މާރިޗް 2017، ގަޑި 16:00 - ނޭޕާލް - ތުރުކެމިނިސްތާން
• 24 މާރިޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ- ނޭޕާލް
• 25 މާރިޗް 2017، ގަޑި 16:00 - ކިރްގިސްތާން- ތުރުކިމިނިސްތާން
• 26 މާރިޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ- ތުރުކެމިނިސްތާން
• 27 މާރިޗް 2017، ގަޑި 16:00 - ކިރްގިސްތާން - ނޭޕާލް

މިއަދު އޮންލައިން