މަހަރަސްތުރާ ސްޓޭޓްގެ އެތައް ހާސް ޑޮކްޓަރުން ޗުއްޓީ ނެގުމުން ވަޒީފާ އަށް ނުކުންނަން އަމުރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
މަހަރަސްތުރާ ސްޓޭޓްގެ އެތައް ހާސް ޑޮކްޓަރުން ޗުއްޓީ ނެގުމުން ވަޒީފާ އަށް ނުކުންނަން އަމުރުކޮށްފި
އިންޑިއާގެ މަހަރަސްތުރާ ސްޓޭތްގެ އެތައް ހާސް ޑޮކްޓަރުން ޗުއްޓީ ނެގުމުން އެނބުރި ވަޒީފާއަށް ނުކުތުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ. އަދި ދިގު ޗުއްޓީގައި ތިބި ޑޮކްޓަރުންނަށްވެސް ވަނީ އެނބުރި މަސައްކަތަށް ނުކުންނަން އަމުރުކޮށްފައެވެ.

ޑޮކްޓަރުން ޗުއްޓީ ނެގީ ބަލިމީހުންގެ އެހީތެރިން ޑޮކްޓަރުންނަށް އަނިޔާކޮށް ގޯނާކުރުން އިތުރުވުމާއި ގުޅިގެންނެވެ.

ކޯޓޫން ކުރި އަމުރުގައި ބުނެފައިވަނީ އިންސާނިއްޔަތަށް ޚިދުމަތްކުރާ ބައަކު ޚިދުމަތް ދިނުމަށް ހުރަސްއަޅައި މުޒާހަރާކޮށްގެންނުވާނެ ކަމަށެވެ. ހަމައެއާއިއެކު ޑޮކްޓަރުންނަށް ހިމާޔަތްދޭން ޖެހޭނެ ކަމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެންމެ ބޮޑެތި ހޮސްޕިޓަލްތައް ކަމަށް ބެލެވޭ 18 ހޮސްޕިޓަލެއްގެ ގިނަ އަދަދެއްގެ ޑޮކްޓަރުން ޗުއްޓީ ނެގުމުން މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މަހަރަސްތުރާގެ އެކި ސަރަހައްދުތަކުން 3000 އަށްވުރެ ގިނަ ޑޮކްޓަރުން ވަނީ ޗުއްޓީ ނަގައިފައެވެ.
މިއަދު އޮންލައިން