ޙަރަމްފުޅު ކުރިފުޅުމަތީގަ ކަކޫ ޖަހައިގެން ވެސް ބޭނުމީ ކަލާގެ ކައިވެނި- ވީޑިއޯ އެތައް މިލިއަން ބައެއްގެ ސަމާލުކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޙަރަމްފުޅު ކުރިފުޅުމަތީގަ ކަކޫ ޖަހައިގެން ވެސް ބޭނުމީ ކަލާގެ ކައިވެނި- ވީޑިއޯ އެތައް މިލިއަން ބައެއްގެ ސަމާލުކަމަށް!
ތުރުކީގެ އަކީއޯން، އޭނާގެ ލޯބިވެރިޔާ އަދި ލޯބިވެރިޔާގެ ޢާއިލާ އާއި އަދި އޭނާގެ ޢާއިލާ އާއިވެސް އެކު މައްކާގެ ހަރަމްފުޅަށް ދިއައީ އެ ދިއުމުގައި ޚާއްޞަކަމެއް އެކުލެވޭނެކަން ލޯބިވެރިޔާ ގާތު ނުބުނެއެވެ.

ހަރަމްފުޅު ކުރުމަތީގައި ތިބެ އަކީއޯން އޭނާގެ ލޯބިވެރިޔާގެ ކިބައިން އެދުނީ ކައިވެންޏަށެވެ. "އަހަރެމެންެ މައިން މިތަނުގައި އެބަތިބި. އެހެރީ މާތްވެގެންވާ ޙަރަމްފުޅު. ކައިވެނިކުރަން މިއަށްވުރެ ރަނގަޅު ތަނެއް ނޯންނާނެ." ކަމަށް ބުނެ ތުރުކީގެ ޘަޤާފަތާއި އެއްގޮތަށް ލޯބިވެރިޔާގެ އިނގިލީގައި އަނގޮޓި އަޅުވަން އުޅުމުން ލޯބިވެރިޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

އުފަލުން ފޮޅިގެން މަޖާމިޒާޖެއްގައި ހުރެ "މިމާތް ތަނުގައި ކަލާ އަހަރެންގެ އަތަށް އެދެންޖެހޭނީ ބިންމަތީގައި ދެކަކޫ ޖައްސައިގެން އިނދެ" ކަމަށް ލޯބިވެރިޔާ ބުނުމުން އަކީއޯން އެކަންވެސް ކުރީ ހަމަ އުފަލުންނެވެ. އަކީއޯން ބުނީ މާތްވެގެންވާ ހަރަންފުޅު ކުރިފުޅުމަތީގައި ދެކަކޫ ޖަހައިގެންވެސް ބޭނުމީ ލޯބިވެރިޔާގެ ލޯބި ކަމަށެވެ.

އަކީއޯން އަކީ ސައުދިއަރަބިޔާގައި ހުންނަ ތުރުކީ އެމްބަސީގެ ޕްރެސް ސެކެޓްރީގެ ފިރިހެން ދަރިފުޅެވެ.

މިމަންޒަރުތައް ދައްކައިދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ހާމަކުރުމުން ފާޑުކީ ބައެއް މީހުން ބުނެފައިވަނީީ އެފަދަ ހަރަކާތްތަކެއް ޙަރަމްފުޅުގެ ކުރިފުޅުމަތީގައި ކުރުމަކީ ޤަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަކީއޯން ބުނީ ކައިވެނިކުރަން ހަރަމްފުޅުގެ ކުރިފުޅުމައްޗަށްވުރެ ރަނގަޅު އެއްވެސް ތަނެއް މިބިންމަތީގައި ނެތް ކަމަށެވެ.

ޤަބޫލުކުރެވޭ ގޮތުން އަކީއޯން އޭނާގެ ލޯބިވެރިޔާއަށް ސިއްރުން ކަންކަން އިންތިޒާމުކުރީ ލޯބިވެރިޔާއަށް ކުރިން އެނގިއްޖެނަމަ ފަސްޖެހި އިއުތިރާޒްކޮށްފާނެ ކަމަށްޓަކައެވެ.

މިއަދު އޮންލައިން