އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ (އޭވީސީ) ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޓިކެޓް މިއަދު ވިއްކަން ފަށާނެއެވެ.
ވޮލީބޯލް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގެ ޓިކެޓް ވިއްކަން ފަށާނީ މިއަދު މެންދުރު 13:00 ގައި ސޯޝަލް ސެންޓަރުން ކަމަށެވެ.
ސޯޝަލް ސެންޓަރުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާގެ ކައުންޓަރުންވެސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އިރު، ޓިކެޓެއްގެ އަގަކީ =/50 ރުފިޔާއެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭގައި ކުރިއަށްދާ މި މުބާރާތް މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ އިރު، މި މުބާރާތުގައި ވާދަކުރަނީ ދިވެހިރާއްޖެ، ތުރުކިމިނިސްތާން، ކިރްގިސްތާން އަދި ނޭޕާލްއެވެ.
އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ އިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި 3 ވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.
އޭވީސީ މުބާރާތުގެ ތާވަލު:
• 22 މާރިޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ - ކިރްގިސްތާން
• 23 މާރިޗް 2017، ގަޑި 16:00 - ނޭޕާލް - ތުރުކެމިނިސްތާން
• 24 މާރިޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ - ނޭޕާލް
• 25 މާރިޗް 2017، ގަޑި 16:00 - ކިރްގިސްތާން- ތުރުކިމިނިސްތާން
• 26 މާރިޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ - ތުރުކެމިނިސްތާން
• 27 މާރިޗް 2017، ގަޑި 16:00 - ކިރްގިސްތާން - ނޭޕާލް