މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާދަމާ ފެށުމަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އިފް މޯލްޑިވްސް އިން ބުނެފިއެވެ.
މިނިވަންޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި އެފްއޭއެމްއިން ރާވާ ހިންގާ ހުރިހާމުބާރާތްތައް ފަސްކޮށްފައިވަނީ ރާއްޖޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާގުޅިގެންނެވެ.
އެފްއޭއެމް އިންބުނީ ހެލްތްޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފައިވާތީ މިނިވަންޗެންޕިއަންޝިޕްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޒޯން އެކެއްގެހދ.އަތޮޅުގެ މެޗަކުން ކަމަށާއި އެގޮތުން މި މެޗުގައި ބައްދަކު ކުރާނީ ކުޅުދުއްފުއްޓާއި ކުރިނބީ ކަމަށެވެ.
މި މުބާރާތް ތިން ގުރޫޕްއަކަށް ބަހާލާފައިވާ އިރު، މިއަތޮޅުގެ ދެވަނަ މެޗގައި އަންނަ ހުކުރު ދުވަހު ބައްދަލު ކުރާނީ ނޮޅިވަރަމްއާއި ފިނޭއެވެ.
ހދ.އަތޮޅު ގުރޫޕް އެކެއްގައި ކުޅުދުއްފުށި، ކުރިނބި އަދިކުމުންދޫ ހިމެނޭ އިރު، ގުރޫޕް ދޭއްގައި ހިމެނެނީ ނޮޅިވަރަމްއާއި ފިނޭ އަދިނޮޅިވަރަމްފަރެވެ. އަދި ގުރޫޕް ތިނެއްގައި ހިމެނެނީ ހަނިމާދޫއާއި ނޭކުރެންދޫއަދި ހިރިމަރަދޫއެވެ.