މިއަދު ފެށި އޭޝިއަން ސެންޓްެރަލް ޒޯން ވޮލީބޯލް މުބާރާތުގެ ފުރަތަމަ ކިރްގިސްތާނުން ކާމިޔާބުކޮށްފިއެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭކޯޓުގައި ކުޅުނު ފޯރިގަދަ މިމެޗު ކިރްގިސްތާނުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ސީދާ ތިންސެޓުންނެވެ.
ފުރަތަމަ ސެޓު 25-22ން ގެންދިޔަ އިރު، ދެވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު 33-31 ން ގެންދިޔައީ ކިރްގިސްތާނެވެ. އަދި ތިންވަނަ ސެޓު އެޓީމުން ގެމްދިޔައީ 25-20 ންނެވެ.
މި މުބާރާތުގައި މާދަމާގެ މެޗުގައި ނޭޕާލާއި ތުރްކެމެނިސްތާނެވެ. ރާއްޖެ ދެން ކުޅެންޖެހޭ މެޗުގައި އަންނަ ހުކުރުދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.