ބ. މާޅޮހުގައި މިހާރު ކުރިއަށްދާ މާރެސް އަންހެން ޑިވިޜަން ވޮލީ މުބާރާތުގައި މިއަދު ކުޅުނު މެޗު މާޅޮސް ޓީމުން ކާމިޔާބުކޮށްފިއެވެ.
ކަމަދޫ ޓީމާއިބައްދަލުކުރި މި މެޗު މާޅޮހުން ކާމިޔާބުކުރީ 25-18، 25-13 އަދި 25-14ންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މާޅޮސް ޓީމުގެ ޖާރޒީ ނަމްބަރ 9 ޢައިޝަތު މާޖިދާ އެވެ.
މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ދަރަވަންދޫ އާއި ދޮންފަނެވެ.