ކާރެއްގައި ގޮސް އިނގިރޭސި ޕާލަމެންޓް ކައިރީގަ 6 މީހުން މަަރއި 40 މީހުން ޒަޚަމްކޮށްލި މައްސަލައިގައި އަދިވެސް ފުލުހުން އެއްވެސް ތަފްޞީލެއް ނުދެއެވެ. ހަމައެކަނި ހާމަކޮށްފައިވަނީ މަންޒަރު ފެނުނު މީހުންނަށް ފެނުނު ކަންކަމުގެ ވާހަކައެވެ.
މިހާދިސާގައި އަނިޔާވި މީހުންގެ ތެޜޭގައި ދެކުނު ކޮރެއާގެ 5 ފަތުރުވެރިންނާއި ފަރަންސޭސި ދަރިވަރުންތަކެއް ހިމެނެއެވެ.
ކާރެއްގައި ދުއްވާފައި އައި މީހަކު ވެސްޓް މިންސްޓަރ ބްރިޖްގެ ޕޭވްމަންޓްޓަށް ކާރު އަރުވާލުމަށްފަހު ވަޅިން ހަމަލާދީ ފުލުހަކު ވަނީ މަރާލައިފައެވެ. އެއީ އޭނާ އައި ކުރިމަތިލުމުންނެވެ. ފުލުހުން ވަނީ ހަަމލާދިން މީހާގެ ގައަށް ބަޑިޖަހައި މަރާލައިފައެވެ.
މި ހާދިސާގައި އަންހެނަކު ވަނީ ކޯރަށް ވެށްޓިފައެވެ. ކާރުން ސަލާމަތްވާން އަމިއްލައަށް ފުންމައިލީ ކަމެއް ނުވަތަ ކާރުން ޖެހި ވިއްސައިގެންދިއައީކަން އަދި ވަނީ ޔަޤީން ނުކުރެވިފައެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ.
މަންޒަރު ފެނުނު މީހުން ބުނީ ބްރިޖްމަތި ވަނީ ލެއިން ތަތްތެޅިފައި ކަމަށެވެ.