ބްރެޒިލުން ކުނި ގެރިމަސް އެކްސްޕޯޓްކުރާތާ އަހަރުތަކެއް- 2 އަަހަރުތެރޭ 100 އަސްވުރެ ގިނަ އޮފިޝަލުން ރިޝްވަތު ހިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ބްރެޒިލުން ކުނި ގެރިމަސް އެކްސްޕޯޓްކުރާތާ އަހަރުތަކެއް- 2 އަަހަރުތެރޭ 100 އަސްވުރެ ގިނަ އޮފިޝަލުން ރިޝްވަތު ހިފި
މިހާރު ފެންމަތިވެގެން އުޅޭ ބްރެޒިލުން ކުނި ގެރިމަސް އެކްސްޕޯޓްކުރާ މައްސަލައިގައި ހޯދިހޯދުންތަނުން އެނގިފައިވާ ގޮތުގައި އެކަން ކުރިއަށް ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. އަދި ފާއިތުވި 2 އަހަރުތެރޭގައި ޞިއްޙީ އިދާރާތަކުގެ 100 އަށްވުރެ ގިނަ މުވައްޒިފުން ވަނީ ރިޝްވަތު ނަގައި ކުނި ގެރިމަސް އެއީ ރަނގަޅު ގެރިމަސްކަމަށް ސެޓުފިކެޓް ދޫކޮށްފައެވެ.

މިމައްސަލަ އާއި ގުޅިގެން ސައުދިއަރަބިޔާއިން މިހާރުވަނީ އެއްވެސް ބާވަތެއްގެ މަހެއް ބްރެޒިލުން އެތެރެކުރުން ހުއްޓާލައިފައެވެ. ކުކުޅާއި ކުކުޅު މަހުގެ ބާވަތްތައްވެސް ވެސް ހިމެނޭ ގޮތަށެވެ.

ސައުދިއަރަބިޔާއިން ބުނީ މިފަދަ ފިޔަވަޅެއް އެޅީ ރައްޔިތުންގެ ޞިއްޙީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. ސައުދިއަރަބިޔާއިން ވަނީ މިދިއަ އަހަރުގެ ފުރަތަމަ 10 މަސް ދުވަސްތެރޭގައި 24،000 ޓަނުގެ މަހާއި ކުކުޅުމަހުގެ ބާވަތްތައް ބްރެޒިލުން އެތެރެކޮށްފައެވެ.

މި ބޮޑު ޖަރީމާ ހިންގުމުގައި ގެރިމަހާއި ކުކުޅުގެ ބާވަތްތައް ބަންދުކުރާ ދުނިޔޭގެ އެންމެ ބޮޑު ފެކްޓްރީކަމަށްވާ ޖޭބީއެސް އާއި ޖޭބީއެސްގެ ބައެއް ގޮފިތައްވެސް ހިމެނެއެވެ.
މިއަދު އޮންލައިން