މެދުކަނޑާލާފައިވާ މާލޭ ލީގުގެ ކުޅުން އަންނަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ފަށަން ނިންމާފައިވާކަމަށް ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ބުނެފިއެވެ.
އެ އިދާރާ އިން ނެރެފައިވާ އާޝެޑިއުލްގައިވާ ގޮތުން އެދުވަހު ހަވީރު ބައްދަލުކުރާނީ ޓީސީ ސުޕޯޓްސް ކުލަބާއިޔުނައިޓެޑް ވިކްޓްރީއެވެ. އަދި އެރޭ ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސުޕޯޓްސް ކުލަބާއި ކުލަބް ވެލެންސިއާ އެވެ.
އެފްއޭއެމް އިން ރާވާ ހިންގާ ހުރިހާ މުބާރާތެއް މެދުކަނޑާލީ ރާއްޖޭގައި ހަލުވިކަމާއެކު H1N1 ފެތުރެމުންދާތީއެވެ. ނަމަވެސް އެޗްޕީއޭގެ އިރުޝާދާއެކު މިނިވަން ޗެމްޕިއަންޝިޕްގެ ކުޅުން މިއަދު ފެށުމަށް ވަނީ ނިންމާފައެވެ.