އުފަންވީ 'ޕެރެސައިޓިކް ޓްވިން' އަކާއިއެކު

ކިޔުމަށް ހޭދަވާނީ 1މ 24ސ
އުފަންވީ 'ޕެރެސައިޓިކް ޓްވިން' އަކާއިއެކު
އެފްރިކާގެ އައިވަރީކޯސްޓަށް އުފަން ޑޮމިނިގް، އުފަންވީއިރު އޭނާގެ ހަތަރު ފަޔާއި ދެ މައިބަދަ ހުއްޓެވެ.

ޗިކާގޯގެ އެޑްވޮކޭޓް ޗިލްޑްރެންސް ހޮސްޕިޓަލުން ބުނީ، މިހާރު އުމުރުން އެންމެ 10 މަހުގެ ޑޮމިނިގް، އުފަންވެފައިވަނީ "ޕެރެސައިޓިކް ޓްވިން" އަކާއި އެކު ކަމަށެވެ.

ޕެރެސައިޓިކް ޓްވިން އަކީ، އެއްކޮށް އުފެދެން އުޅެ ނަމަވެސް ރަނގަޅަށް ނުއުފެދި ހުއްޓިފައިވާ އެހެން ކުއްޖެއް ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ޑޮމިނިގް ބަލަނީ އޭނާގެ ދޮންމަންމައެވެ. ދޮންމަންމަ ބުނި ގޮތުގައި ހަ ގަޑީރުގެ އެއޮޕަރޭޝަނަށްފަހު ފަސް ދުވަސް ވަންދެން ޑޮމިނިގް އެހޮސްޕިޓަލުގައި ބޭއްވިއެވެ. އެއަށްފަހު ގެއަށް ފޮނުވާލީއިރު ޑޮމިނިގް ގެ ހާލު ރަނގަޅެވެ.

ޑޮމިނިގް ގެ ހަށިގަނޑުގައި އުފެދުނު ޕެރެސައިޓިކް ޓްވިން އޭނާއާއި ގުޅިފައިވަނީ. އެތުއްތުކުއްޖާގެ ކަރާއި މައިބަދައާއި ހިސާބުންނެވެ. އެހެންކަމުން ޑޮމިނިގްގެ ހަށިގަނޑުގައި ހަތަރު ފަޔާއި ދެ މައިބަދަ އުފެދުނީއެވެ.

ޔުނައިޓެޑް ސްޓޭޓްސް ގެ ޗިކާގޯއަށް ޑޮމިނިގް އައިފަހުން، އެތުއްތު ކުއްޖާގެ ހުރިހާ ކަމެއް ބެލެހެއްޓީ ޑރ. ނޭންސީ ސްވެބް އެވެ.

ޑރ. ސްވެބް ބުނި ގޮތުގައި ޑޮމިނިގް އަކީ އެއުމުރުގެ އެހެން ކުދިންނާއި ޚިލާފަށް، ގެންގުޅެން ވަރަށް ފަސޭހަ ކުއްޖެއް ކަމަށެވެ.

"ޑޮމިނިގް ގެ ހުރިހާ އަމަލުތަކެއް އަހަރެމުން ރިކޯޑުކޮށް ފޮޓޯ ނަގާހެދިން. އެއީ އެކުއްޖާ ހުރީ ރަނގަޅު ސިއްޙަތެއްގައިކަން އާއިލާއަށް އަންގައިދޭން ވެގެން."

އެޑްވޮކޭޓް ޗިލްޑްރެންސް ހޮސްޕިޓަލުން ޑޮމިނިގް ގެ ފުރިހަމަ ނަން ހާމަ ކޮށްފައެއް ނުވެއެވެ. އަދި ޑޮމިނިގް ގެ އުފަން މަންމަ ކޮބާތޯ އެފަދަ ޒާތީ އެއްވެސް މަޢުލޫމާތެއް މީޑިއާއާއި ހިއްސާ ކޮށްފައެއްނުވެއެވެ.

މިއަދު އޮންލައިން