ވަގަކަށް ހުރަސް އެޅުމުން މަންމަ މަރައި ދެ ދަރިން ގައަށް ވަޅި ހަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ވަގަކަށް ހުރަސް އެޅުމުން މަންމަ މަރައި ދެ ދަރިން ގައަށް ވަޅި ހަރައިފި
ޔޫއޭއީގެ ފުޖައިރާގެ ގެއަކަށް ވަންނަން އުޅުނު ވަގަކަށް ހުރަސް އެޅުމުން އުމުރުން 39 އަހަރުގެ މަންމަގެގައަށް ވަޅި ހަރައި މެރުމަށްފަހު 11 އަހަރުގެ އަންހެން ދަރިފުޅަށާއި 9 އަހަރުގެ ފިރިހެން ދަރިފުޅަށް އަދި ގޭގައި ގެންގުޅޭ މީހާގެ ގައަށް ވަޅި ހަރައިފިއެވެ.

ފުލުހުން ބުނީ ޚަބަރު ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން އެގެއަށް ދިއަ ކަމަށެވެ. އަދި އެއިރު މަންމަ ވަނީ މަރުވެފައި ކަމަށާއި ދެ ދަރިންނާއި ގެންގުޅޭމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

ފުލުހުން ބުނީ މިކަންކުރީ ރޭ 3:30 ހައިއިރު ކަމަށާއި މިކަން ކުރީ 23 އަހަރުގެ ޕާކިސްތާނު މީހެއް ކަމަށެވެ.

ފުޖައިރާ ސަރަހައދުގެ ޕޮލިސް ކޮމާންޑަރު މުޙައްމަދު އަހްމަދު ވިދާޅުވީ ހާދިސާ ހިންގިތާ 30 މިނިޓްތެރޭގައި އެކަންކުރިމީހާ ހައްޔަރުކުރެވިފައިވާ ކަމަށެވެ.
މިއަދު އޮންލައިން