މިޞުރުގެ ރައިސްކަން ދިގު މުއްދަތެއްގައި ކޮށްފައިވާ ހުސްނީ މުބާރަކް މިނިވަން ވުމުން ގެއަށް ހިނގައްޖެއެވެ.
އޭނާއަށް ފަރުވާދެމުން ގެންދިއަ ހޮސްޕިޓަލުން މިއަދު އޭނާ ދޫކޮށްލީ މިނިވަނެއްގެ ގޮތުގައެވެ. އަދި މިހާރު އޭނާ ހުރީ އޭނާގެ ގޭގައި ކަމަށް އޭނާގެ ލޯޔަރު ބުނެއެވެ.
އުމުރުން 88 އަހަރުގެ މުބާރިކް ބަންދުކުރީ 2011 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށްތަކުގެތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ގިނަ އަދަދެއްގެ މީހުން މެރުން ހިމެނެއެވެ. ހުށަހެޅުނު ބައެއް މައްސަލަތައް ވަނީ ސާބިތުނުކޮށްފައެވެ.
30 އަހަރު ވެރިކަން ނިމުނުއިރު ނުބައި ހުރިހާ ކަމެއް ކުރިކަން އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.