އެއާ އިންޑިއާގެ ޑިޔުޓީ މެނޭޖަރުގެ ގައިގަ ފައިވާނުން ޖެހި އެމްޕީ ގެންދާނެ ފްލައިޓެއްނުވި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެއާ އިންޑިއާގެ ޑިޔުޓީ މެނޭޖަރުގެ ގައިގަ ފައިވާނުން ޖެހި އެމްޕީ ގެންދާނެ ފްލައިޓެއްނުވި
އެއާ އިންޑިއާގެ ޑިޔުޓީ މެނޭޖަރުގެ ގައިގައި ފައިވާން ކިބައިން ޖެހި އެމްޕީ ދިއްލީ އިން ގޯވާއަށް ގެންދާނެ ފްލައިޓެއް ނުލިބިގެން އެއަރޕޯޓްގައި ހުންނަތާ 24 ގަޑިއިރުވެއްޖެއެވެ. 5 ފްލައިޓުން ދަތުރުކުރަން މަސައްކަތްކުރުމުންވެސް ގެންދާނެ ފްލައިޓެއް ނުވިއެވެ.

މިމައްސަލަ ކުރިމަތިވީ ޝިވް ސޭނަ އެމްޕީ ގަވިންދުރަ ގައިކްވަޑް އަށް އިކޮނޮމީ ކްލާހުގައި ދަތުރުކުރަންޖެހުމުންނެވެ. ފްލައިޓުގައި ބިޒްނަސް ކްލާސް ސީޓެއް ނެތިގެން އިހްތިރާމް ކުރުމުގެ ގޮތުން ކުރީ ސީޓް ދިނުމުންވެސް ނުފުދި ރުޅު ގަދަވީއެވެ.

ފްލައިޓް ޖެއްސުމުންވެސް ފްލައިޓުން ނުފައިބަން ހަޅުތާލުކޮށްގެން އިންދާ ފްލައިޓުން ފައިބަން ބުނި އެއާ އިންޑިއާގެ ޑިޔުޓީ މެނޭޖަރުގެ ގައިގާ ފައިވާނުން ތަޅައިގަތީއެވެ. 25 ފަހަރު ފައިވާނުން ޖަހައި އެނާގެ އައިނުވެސް ތަޅައިލިއެވެ. ފްލައިޓުން ނުފައިބައި 1 ގަޑިއިރު ފްލައިޓުގައި މަޑުކޮށްގެން އިނެވެ.

ފްލައިޓަށް ލަސްވާތީ ފައިބަން ބުނި އެހެން ފަޅުވެރިންގެ ގައިގައިވެސް އޭނާ ވަނީ ފައިވާނުންތަޅައިފައެވެ. އަމިއްލަ އެއާލައިންތަކުންވެސް އެފަދަ މީހަކު ގެންދަން ބޭނުން ނޫން ކަމަށެވެ. ހުރިހާ އެއާ ލައިންތަކުންވެސް ނިންމާފައިވަނީ އެފަދަ މީހަކު ނުގެންދިއުމަށެވެ.

ފުލުހުން ބުނީ މައްސަލަ ތަޙްޤީޤްކުރަމުން ގެންދާ ކަމަށެވެ. ފުރިހަމަ މައުލޫމާތު ލިބުމުން ފިޔަވަޅު އަޅާނީ ޤާނޫނީ ލަފާ ހޯދައިގެން ކަމަށެވެ. އޭނާއަސް ތާއީދުކުރާ މީހުން ގެންދަނީ އެއާޕޯޓްގައި މައްސަލަތައް ކުރިމަތިކުރުވަމުންނެވެ.
މިއަދު އޮންލައިން