60ފްލައިޓްގައި ބިޒްނަސް ކްލާސް ނެތުމުން އައި ރުޅީގައި އުމުރުން 60 ގެ ޑިޔުޓީ މެނޭޖަރުގެ ގައިގައި 25 ފަހަރު ފައިވާނުން ޖަހައި އަދި އޭނާގެ އައިނުވެސް ތަޅައިލި އިންޑިއާގެ އެމްޕީ ރަވިންދްރާ އޭނާގެ ޙައްޤު ހޯދަން ކޯޓަށް ހިނގައްޖެއެވެ.
އެމްޕީ ކޯޓަށް ދިއައީ އޭނާ ގެންގޮސްދޭނެ ފްލައިޓެއް ނުލިބުމުންނެވެ. ފްލައިޓެއް ނުލިބުނީ ހުރިހާ އެއާލައިންތަކުން އެފަދަ ދަށުދަރަޖައިގެ މީހަކު ނުގެންދިއުމަށް އެއްބެސްވެ އޭނާ ގެންގޮސް ނުދިނުމުން ހައްޤު ހޯދުމަށެވެ.
އެމްޕީ ރަތަށް އެރީ އޭނާއަށް ބިޒްނަސް ކްލާހުން ފޮނޑިއެއް ނުލިބުމުންނެވެ. ގޮނޑިއެއް ނުލިބުނީ އެ ފްލައިޓުގައި ބިޒްނަސް ކްލާސް ނެތުމުންނެވެ. ބިޒްނަސް ކްލާސް ނެތުމުން ފްލައިޓުން ދަތުރު ނުކުރުމުގެ އިޚްތިޔާރު އޭނާއަށް އޮތެވެ. އަދި ޓިކެޓުން ތަފާތުވާ ފައިސާ އަނބުރާ ހޯދުމަކީވެސް ނުހަނު ފަސޭހައިން ކުރެވޭނެ ކަމެކެވެ.
އެހެންކަމުން ފްލައިޓުގައި ދަތުރުކުރުމަށްފަހު ފްލައިޓުން ފއިބަން ބޮޑާހާކައި ފްލައިޓް 1 ގަޑިއިރުވަންދެން ލަސްކުރުވުމުގެ ހައްޤު އެމްޕީއަށް ލިބިގެނެއް ނުވެއެވެ. އަދި އުމުރުން 60 އަހަރުގެ މީހެއްގެ ގައިގާ ފައިވާނުން ތަޅައި އޭނާގެ އައިނު ވެސް ތަޅައިލުމުގެ ހައްޤަކީ އެމްޕީއަށް ލިބިގެންވާ ހައްޤެއް ނޫނެވެ. އަދި އެއީ އެއްވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއްވެސް ނޫނެވެ.
ބުއްދި ރަންވެ ހަމައިން ނައްޓާ މީހުން ނުއުފުލުމަކީ އެއާލައިންތަކަށް ލިބިގެންވާ ހައްޤެކެވެ.