މާރެސް އަންހެން ޑިވިޜަން ވޮލީ މުބާރާތުގެ ފައިނަލަށް މާޅޮސް އަދި ގޮއިދޫ- ފައިނަލް މެޗު މިއަދު ހަވީރު

ކިޔުމަށް ހޭދަވާނީ 1މ 13ސ
މާރެސް އަންހެން ޑިވިޜަން ވޮލީ މުބާރާތުގެ ފައިނަލަށް މާޅޮސް އަދި ގޮއިދޫ- ފައިނަލް މެޗު މިއަދު ހަވީރު
ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮސައިޓީ (މާރެސް) ގެ އަންހެން ޑިވިޜަން 2 ވަނަ ވޮލީ މުބާރާތުގެ ފައިނަލަށް މާޅޮސް އާއި ގޮއިދޫ ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލު މެޗު މިއަދު ހަވީރު ކުޅޭ އިރު، މާޅޮސް ޓީމު އިއްޔެ ކުޅުނު މެޗުގައި ސީދާ ތިންސެޓުން ކަމަދޫ ބަލިކޮށްގެންނެވެ. ސެޓުތައް ގެންދިޔައީ 16-25، 14-25 އަދި 26-24 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޅޮހު ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިޔާ ޢައިޝަތު މާޖިދާ އެވެ.

މިއަދުގެ ފައިނަލުގައި ވާދަކުރާ ގޮއިދޫ އިން ފައިނަލުގެ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ސެމީ ފައިނަލް ނުކުޅެއެވެ.

މި ދެޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރީ ގޮއިދޫންނެވެ. ފައިބެއަހަރުގެ ފައިނަލުގައި ދަރަވަންދޫ އާއިކުޅެ ބަލިވެފައިވާ މާޅޮސް މިއަހަރުގެ މުބާރާތަށް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. ފައިބެއަހަރުގެ ޗެމްޕިއަން ދަރަވަންދޫ ޓީމަށް މިއަހަރު މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މާރެސް ޖަމިއްޔާއިން މި މުބާރާތް ބާއްވަނީ އަތޮޅުގައި ތިބި ވޮލީބޯޅައަށް ޝައުގުވެރިވާ އަންހެން ކަނބަލުންނަށް މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމާއެކު އެކުވެރިކަން ދިރުވާ އާލާކޮށް، އަންހެން ވޮލީ ކުޅުންތެރިންގެ ހުނަރު އިތުރު ގޮތުންނާއި ފިރިހެން ވޮލީއެކޭވެސް އެއްގޮތަށް އަންހެން ކަނބަލުންގެ ވޮލީއަށްވެސް އިތުރު ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމަށެވެ.

މިއަދު އޮންލައިން