ވެސްޓް ބޭންކުގެ މަގުމަތީގައި ކުޅެންހުރި ފަލަސްޠީނުގެ އުމުރުން 8 އަަހަރުގެ ކުޑަކުއްޖަކު އަތުލައިގަނެ ބިރު ދެއްކުމަށްފަހު އެއީ ބޮންހަދާ، ބޮން އުކާ ޓެރަރިސްޓަކަށް ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ހަދައިިފިއެވެ.
ޔަހޫދީ ސިފައިން ބުނީ ބޮމެއް ހަދައި ބޮމެއް އެއްލި މީހަކު އަތުލައޮގަނެވިއްޖެ ކަމަށާއި ނަމަވެސް އެއީ ކުޑަކުއްޖަކަށްވާތީ ޢާއިލާ އާއި ހަވާލުކޮށްފައި އައީ ކަމަށެވެ.
ޢާއިލާ އިން ބުނީ ގޭ ކައިރީގައި ކުޅެން ހުރެފައި އެއްޗެއް ހޯދަން ވެގެން އުޅެނިކޮށް ސިފައިން އައިސް އައިސް ގެންދިއައީ ކަމަށެވެ. ގެންގޮސް ބޮން ހަދައި ބޮޮން އުކާ މީހުން އެނގޭތޯ އެތައް ފަަހަރަކު ސުވާލުކޮށް ބިރު ދެއްކުމުން އެނގޭ ކަމަށްބުނެ ސިފައިން ގޮވައިގެން ގޮސް ސަރަހައްދުގެ ހުރިހާ ގެތައް ދެއްކުމުން ކުއްޖާ ދޫކޮށް އެނބުރި ދިއައީ ކަމަށެވެ.
އިޒްރޭލުގައި މަސައްކަތްކުރާ ރައިޓްސް ގްރޫޕުން ބުނީ މިދިއަ ބުރާސްފަތި ދުވަހުވެސް އިޒްރޭލް ސިފައިން ވަނީ ކުޑަކުއްޖެއްގެ ބޮލަށް ބަޑިޖަހާ މަރާފައި ކަމަށެވެ. އަދި އިތުރު މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ.