މަސްއޫދު ޚާލިދް އިނގިރޭސި ޕާލަމެންޓަށް ހަމަލަދޭން މަސައްކަތްކުރީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މަސްއޫދު ޚާލިދް އިނގިރޭސި ޕާލަމެންޓަށް ހަމަލަދޭން މަސައްކަތްކުރީ ކީއްވެ؟
މިދިއަ ބުދަ ދުވަހު ކާރުގައި ގޮސް އިނގިރޭސި ޕާލަމެންޓަށް ވަދެ ގަންނަން މަސްކުރި މަސްއޫދު ޚާލިދު އެކަންކުރީ ކީއްވެގެންކަން އަދިވެސް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. އަދި އޭނާ އާއި ގުޅުން ހުރީ ކޮންބައެއްކަންވެސް ހޯދިފައެއް ނުވެއެވެ.

1964 ވަނަ އަހަރު އުފަންވި މަސްއޫދު ޚާލިދަކީ އިނގިރޭސި ރައްޔިތެކެވެ. އޭނާ އަކީ އުމުރުން 18 އަަހރުން ފެށިގެން ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. ރުޅިގަދަ ވުމުން އަތުގައި އޮންނަ އެއްޗަކުން ހަމަލާދޭ މީހެކެވެ.

މަސްއޫދު ޚާލިދް ވަނީ ދެ ފަހަރެއްގެމަތިން ސައުދިއަރަބިޔާގައި ޓީޗަރެއްގެ ވަޒީފާ އަދާކޮށްފައެވެ. އަދި 2015 ވަނަ އަހަރު ވަނީ ސައުދިއަރަބިޔާއަށް ދަތުރެއްވެސް ކޮށްފައެވެ.

ލަންޑަންގައި ހުންނަ އިނގިރޭސި އެމްބަސީން ބުނެފައިވަނީ ސައުދިއަރަބިޔާގައި އޭނާ ހޭދަކުރި މުއްދަތުގައި ކުށުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށެވެ. ފާހަގަ ކުރެވޭ އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ.

އިނގިރޭސި ފުލުހުން ވަނީ އޭނާ މަރާލާފައެވެ. އޭނާގެ އަތުން ވަޅިއެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން އުފައްދާ ސުވާލުތައް ވަރަށް ގިނައެވެ. ހަމައެކަނި ވަޅިއެއް ހިފައިގެން ގޮސް ހަތިޔާރު ހިފައިގެން ގޮސް ތިބި އެތައް ބައިވަރު ފުލުހުންތަކަކާއި ކުރިމަތިލީ ކީއްވެގެން ހެއްޔެވެ؟ ކޮން ކަމެއް ހާޞިލުކުރުމުގެ މަޤްޞަދުގައި ހެއްޔެވެ؟

މަސްއޫދު ޚާލިދަކީ ކިޔަވައިގެންހުރި ތައުލީމީ މީހެކެވެ. އަނބިދަރިން ތިބި މީހެކެވެ. އަމިއްލަ ދިރިއުޅުމެއް އުލެމުން އައި މީހެކެވެ. އެފަދަ މީހަކު މިވަރުގެ ކަމެއް ކުރީ ކީއްވެގެން ހެއްޔެވެ؟ މިހުރިހާ ަކންކަމަކީވެސް ފުލުހުން ޖަވާބު ހޯދަންޖެހޭނެ ކަންކަމެވެ.

މިއަދު އޮންލައިން