އުމުރުން އެންމެ 4 އަހަރުގެ ލޯބި ލޯނި މުޢާ މަގު ހުރަސްކޮށްލީ ކުރިމަތީގައި ހުރި އޭނާގެ ބޮޑުބޭބެގެ ގެއަށް ދިއުމަށެވެ. އެވަގުތު އައި ކާރަކުން ޖެހި ލިބުނު އަނިޔާތަކަށް ފަރުވާކުރަމުންދަނީ މުޢާ ވަނީ ދުނިޔެ ދޫކޮށްފައެވެ،
ކާރު ދުއްވި އަންހެން މީހާ ވަނީ މުޢާގެ ބައްޕަގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި އެއީ އޭނާ ޤަޞްދުގައި ކުރި ކަމެއް ނޫންކަމަށާއި ކާރުދުއްވީވެސް ބާރަށް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. "އަހަރެންނަށް ހަމަ މުޢާ ނުފެނުނީ. އަހަރެންނަށް މަޢާފްކުރޭ. އެހެން ނޫނީ މުޅި އުމުރުގައި އޮންނަން ޖެހޭނީ ޖަލުގަ. ހެޔޮ ނުވާނެ. މިހާލަތުން އަހަރެން ސަލާމަތްކޮށްދީ."
މުޢާ މަރުވުމުން ބައްޕަ ޢަބްދުﷲ އަމިއްލައަށް އަންހެން މީހާގެ ގެއަށް ދިއައެވެ. ގޮސް ބުނީ އޭނާއަށް މަޢާފްކޮށްފިން ކަމަށެވެ. އަދި ކުށްވެރިއަކީ ޚުދު އޭނާ ކަމަށެވެ.
ޢަބްދުﷲ ބުނީ އޭނާގެ ދަރިފުޅު އެކަނި މަގު ހުރަސްކުރީ އޭނާއަށް އެކަން ކުރަން ފުރުޞަތުދީ އެކަން އާދަކޮށްފައި ވުމުން ކަމަށެވެ.
ޢަބްދުﷲ ބުނީ އޭނާ އެދެނީ އެނާގެ ދަރިފުޅު މަރުވި ހާދިސާއިން އެހެން މައިން ބަފައިންވެސް އިބްރަތް ޙާޞޞިލުކުރުން ކަމަށެވެ.
މިހާދިސާ ހިނގާފައި ވަނީ މިދިއަ ހަފްތާގައި އޮމާންގެ ވެރިރަށް މަސްކޮޓްގައެވެ.