އީޔޫ އިން "ވަރިވާން" ބޭނުން ނޫން ކަމަށް ބުނެ އެތައް ހާސް ބައަކު ލަންޑަންގެ މަގުތަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އީޔޫ އިން "ވަރިވާން" ބޭނުން ނޫން ކަމަށް ބުނެ އެތައް ހާސް ބައަކު ލަންޑަންގެ މަގުތަކަށް!
އީޔޫ އިން "ވަރިވާން" ބޭނުން ނޫން ކަމަށް ބުނެ އެތައް ހާސް ބައަކު ލަންޑަންގެ މަގުތަކަށް ނުކުމެ އަޑު އުފުލައި ޝުޢޫރު ފައުޅުކޮށްފިއެވެ.

އެމީހުން ވަނީ އީޔޫގެ ދިދަ އުފުލައި "ދެން ބުނާނީ ކީކޭ" އަދި "އީޔޫ އިން ވަރިވާން ބޭނުމެއް ނޫން" ކަމަށް ބުނާ ލިޔުންތައް އުފުލައިފައެވެ.

އީޔޫ އިން އިގިރޭސިވިލާތް ވަކިވުމާއިމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ބެލުމަށް ނެގި ވޯޓުގައި ރައްޔިތުން ތާއީދުކޮށްފައިވަނީ އީޔޫ އިން ވަކިވުމަށް ކަމަށްވާތީ ބޮޑުވަޒީރު މޭ ގެންދަވަނީ "ވަރިވާން" ވާންޖެހޭ ތައްޔާރީތައް ވެވަޑައިގަންނަވަމުންނެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ އީޔޫ އިން ވަކިވުމުން ތިމާވެށީގެ މައްސަލަތަކާއި މާލީ މައްލަތައް އަދި އިޖުތިމާޢީ މައްސަލަތައް އިނގިރޭސިވިލާތަށް އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި މިފަދަ ދަތިތަކަކާއި ކުރިމަތިލާން އެމީހުން ބޭނުން ނުވާ ކަމަށެވެ.

އީޔޫއަށް މިދިއަ ހަފްތާގައި 60 އަހަރު ފުރިފައިވާއިރު އިނގިރޭސިވިލާތް އީޔޫގައި ބައިވެރިވެފައިވަނީ މީގެ 44 އަހަރު ކުރިންނެވެ. އީޔޫ އިން އިނގިރޭސިވިލާތް ވަކިވަން ނިންމި ނިންމުމާއި ގުޅިގެން އެ ޤައުމުގައި ޞިއްޙީ ޚިދުމަތް ދިނުމަށްވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ޔުނިވަރސިޓީކަމަށްވާ އޮކްސްފޯޑް ޔުނިވަރސިޓީގެ 4 ފެކަލްޓީތަކުގައި ކިޔަވައި ދިނުމަށްވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

މިއަދު އޮންލައިން