އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ބަލިވެއިން 19 އަހަރުގެ އަންހެންކުއްޖަކު އެމެރިކާގެ އަލްބާމާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަ ކުރިމަތިވީ އަންހެން ކުއްޖާ ބަލިވެ އިނދެ ޑޮކްޓަރީ ފަރުވާ ހޯދަންޖެހުމުން ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ދޮގުމައުލޫމާތު ދިނުމުންނެވެ. އޭނާ ބުނީ 24 އަހަރުގެ ފިރިހެން ކުއްޖާ އޭނާ އާއިއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގީ ކަމަށެވެ.
ފުލުހުން ހޯދި މައުލޫމާތުން އެނގުނީ އަންހެން ކުއްޖާ އާއި އޭނާގެ ބައްޕައަކީވެސް ޑްރަގް އެޑިކްޓުން ކަމެވެ. ފިރިހެން ކުއްޖާ އާއިއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގީ އަންހެން ކުއްޖާ ކަމެވެ.
ފުލުހުން ބުނީ މިމައްސަލަ ސީރިއަށް މައްސަލައަށް ވަނީ ކުޑަ ފިރިހެން ކުއްޖަކާއިއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގުމުން ކަމަށެވެ. މިމައްސަލަ އާއި ގުޅިގެން ވަރަށް ގިނަ ކަންތައްތަކެއް ބަލަންޖެހޭ ކަމަށާއި މިއީ ވަރަށް އާދައާ ޚިލާފް މައްސަލައެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.