އިޒްރޭލާއި ފަލަސްޠީނުގެ މައްސަލަތައް ހައްލުކުރުމުގައި އިސް މަންދޫބަކަށް އެމެރިކާގެ ރައީސް ޓްރަމްޕު ކަނޑައަޅާފައިވަނީ އޭނާގެ ދަނބިދަރި ޖެރެޑް އެވެ. ޖަރެޑަކީ އިސްރޭލުގައި އެތައް ކަމަކުން އިންވެސްޓްކޮށްގެންހުރި ޔަހޫދީއެކެވެ.
ގިނަ ބައަކު ބުނަނީ ޞުލްޙައިގެ މަންދޫބަކަށް ޖަރެޑް ކަނޑައެޅުމަކީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވާނީ އިތުރު މައްސަލަތައް ކަމަށެވެ. އިންވެސްޓަރުންނަކީ، ޚާއްޞަކޮށް ޔަހޫދީ އިންވެސްޓަރުންނަކީ އެމީހުންނަށް ލިބެން އޮންނަ ފައިދާއަކުން އެންމެ ލޯ ލާރިއެއްވެސް ދޫކޮސްލާނެ ބައަކަށް ނުވާތީއެވެ.
މިކަމާއިބެހޭ ގޮތުން ގިނަ ސުވާލުތަކެއް އުފެދިފައިވަނިކޮށް މިހާރު ވަނީ އިތުރު މައްސަލަތަކެއް ފެންމަތިވެފައެވެ. އެއީ ދާދިފަހުން ޖަރެޑް އާއި އިޒްރޭލުގެ ބިޔަ މަހުޖަނަކާއިއެކު އުފެދުނު ބޮޑު ގުޅުމެވެ. އެ ގުޅުމުގެ ހަޤީޤަތް ހާމަކުރަން ބައެއް ފަރާތްތަކުން ގޮވައިލި ނަމަވެސް އެއި ކުރެވިދާނެ ކަމެއް ކަމަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.
ގިނަ ބައަކު މިހާރު ބުނަނީ ޓްރަމްޕް ބޭނުންވަނީ ކުޅިގަނޑެއް ކުޅޭކަން ދައްކައި އިޒްރޭލުން ބޭނުންވާހައި ކަންކަން އިޒްރޭލަށް ކޮށްދޭން ކަމަށެވެ. ފަލަސްޠީނަށް ފައިދާހުރި އެއްވެސް ކަމެއް ޓްރަމްޕް ކޮށް ނުދޭނެ ކަމަށެވެ.