ޢުމްރާވެރިން ގޮވައިގެން ދަތުރުކުރި ބަހެއް ފުރޮޅާލާ 7 މީހަކަށް ނިޔާވެއްޖެ

ކިޔުމަށް ހޭދަވާނީ 48ސ
ޢުމްރާވެރިން ގޮވައިގެން ދަތުރުކުރި ބަހެއް ފުރޮޅާލާ 7 މީހަކަށް ނިޔާވެއްޖެ
އުރުދުންގެ ޢުމްރާވެރިންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް ފުރޮޅާލާ ހަތް މީހަކަށް ނިޔާވެ 31 މީހެއް މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ޢުމްރާކޮށް ނިމުމުން ޢުމްރާވެރިން ގޮވައިގެން އެމީހުންގެ ރަށަށް ދަތުރުކުރަނިކޮށް، ސައުދީ އަރަބިއާގެ އުތުރުދެކުނުން ތާބޫކް ސަރަޙައްދުގައެވެ.

ސައުދީ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، މިއެކްސިޑެންޓޫ ހިނގަން މެދުވެރިވީ ވަރަށް ބާރު ސްޕީޑެއްގައި ބަސް ދަތުރު ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ބަސް ފުރޮޅާލައިގެންނެވެ.

މީގެ އިތުރުން އެރިޕޯޓުގައިވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް އިނީ ނިދިފައި ކަމަށާއި މިއެކްސިޑެންޓު ހިނގަން މެދުވެރިވީ ޑްރައިވަރުގެ އިހުމާލުން ކަމަށެވެ.

މިހިތާމަވެރި އެކްސިޑެންޓުގައި ނިޔާވި މީހުންގެ ހަށިތަކާއި ޒަޚަމްވީ މީހުން މިހާރުވަނީ ތާބޫކް ހޮސްޕުޓަލަށް ގެންގޮސްފައެވެ.

މިއީ ޢުމްރާވެރިންނަށް މިފަދަ ގޮތަކަށް މިއަހަރު ދިމާވި އެންމެ ފުރަތަމަ އެކްސިޑެންޓެވެ.


މިއަދު އޮންލައިން